ads
މެލޭޝިއާގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރުން
މެލޭޝިއާގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފި
މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފި އެވެ.
Advertisement

އެ އުސޫލުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ އުމުރު ދެނެގަނެ، އެފަދަ ކުދިންގެ ނަން ނަމުގައި ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުން މަނާ ކުރަން ޖެހެ އެވެ. އެ މަނާ ކުރުން އައީ މަދުވެގެން 8 މިލިއަން ޔޫޒަރުން ތިބި ޕްލެޓްފޯމްތަކަށެވެ. އޭގެ ތެރޭގައި ފޭސްބްކް، ޓިކްޓޮކް، އިންސްޓަގްރާމް، ޔޫޓިއުބް ފަދަ އެޕްތައް ހިމެނެ އެވެ.

އެ ގާނޫނާ ހިލާފުވާ ފަރާތްތަކަށް 10 މިލިއަން ރިންގިޓް ނުވަތަ 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ އެވެ. ނަމަވެސް އެ ގާނޫނާ ހިލާފުވާ ކުދިން އަދި މައިންބަފައިންނަށް އަދަބު ނުދެވޭނެ އެވެ.

މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އިން ނެރުނު މައުލޫމާތު ކަރުދާހުގައިވާ ގޮތުން، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް މެދުވެރިކޮށް ޔޫޒަރުންގެ އުމުރު ކަށަވަރުކުރަން ޖެހޭނެ އެވެ.

އާ އޮންލައިން ސޭފްޓީ އެކްޓްގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ހުންނަ ކޮންޓެންޓްތައް ބެލެހެއްޓުން ވަރުގަދަވެގެންދާނެ އެވެ.

މެލޭޝިއާ ސަރުކާރުން ބުނާގޮތުގައި މި ފިޔަވަޅުތަކުގެ ބޭނުމަކީ ކުދިން އިންޓަނެޓާ ދުރުކުރުމެއް ނޫނެވެ. ނަމަވެސް، އުމުރާ ގުޅޭގޮތަށް ރައްކާތެރިކަމާ އެކު ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މެލޭޝިއާ އިން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި މި ފިޔަވަޅު އެންމެ ފުރަތަމަ އެޅި ގައުމަކީ އޮސްޓްރޭލިއާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން އެ ގައުމުގައި ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ.

އޭގެ ފަހުން މި ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ފްރާންްސް އާއި ގްރީސް ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;