ads
މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން.
ލޯންޗުގައި ޖެހުނު ސަޕްލައި ދޯނި ފިލި މައްސަލަ ބަލަނީ
ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް މިއަދު އެކްސިޑެންޓް ވެފައިވަނީ ސަޕްލައި ދޯންޏެއްގައި ޖެހިގެންކަމަށާއި އެ ދޯނި މަޑުނުކޮށް ފިލި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

އެކްސިޑެންޓް ވެފއިވަނީ ދެ‏ މީހުންނާއިއެކު ދަތުރުކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެކެވެ. މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަނިޔާވީ ލޯންޗްގެ ކެޕްޓަން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި ފަޅުވެރިއެއް ކަމަށްވާ ބަނގްލަދޭޝް ފިރިހެނަކަށެވެ. 

ފުލުހުން ބުނީ ލޯންޗު ޖެހުނު އުޅަނދު މިހާރު ވަނީ ދެނެގަނެވިފައި ކަމަށާއި އެއީ ރިސޯޓް ސަޕްލައި ދޯންޏެއްކަމަށެވެ. އަދި އެކްސިޑެންޓަށްފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަކަމަސްވެސް ފުލުހުން ބުނެއެވެ. 

މި އެކްސިޑެންޓްގައި ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ ފުނޑު ފުނޑުވެ ހަލާކުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;