ads
ކ. ތިލަފުށީގައި 100މީޓަރުގެ އެއްގަމު ތޮށިލާން އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން
ޕޯޓް ބަދަލުކުރަން ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮށިލާން އެމްޓީސީސީއަށް
ޕޯޓް ބަދަލުކުރަން ކ. ތިލަފުށީގައި 100 މީޓަރުގެ ތޮށިލާން އެމްޓީސީސީ ހަވާލުކޮށްފިއެވެ.
Advertisement

ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް ކުރުމުގެ އެއްބަަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ މެނޭޖިންގ ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރީ ސ.ީއ.ީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. 

 މި މަޝްރޫއުގެ ދަށުނ،ް ބަނދަރުގެ ބޭސިން ހިއްކުމާއ،ި 112 މީޓަރު އެއްގަމު ތޮށި ޝީޓްޕައިލްކުރުމާއ،ި 30 ޓަނުގެ ބޯލާޑްސް ޖެހުމާއި އަދި ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 18.80 މިލިއަން ރުފިޔާއަށެވެ. އެކުންފުނިން މި މަސައްކަތް 120 ދުވަސްތެރޭ ނިންމާ ހަވާލުކުރަން ޖެހއެވެ. 

މި މަޝްރޫއުގެ މަސައްކަތް ނިމުމުން އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ލުއި ކަމެއް ލިބ،ި ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވުމަށް މަގުފަހިވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. 

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުށީ ޕޯޓް ބޭނުން ކުރަން ފެށޭނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;