ads
ބަޔަކު ބާސްކެޓް ބޯޅަ ކުޅެނީ
ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ
ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ކޮންމެ ހޯމަ ދުވަހެއްގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުޅިވަރު މައިދާނުގައި އުޅޭއިރު ނަމާދު ގަޑި ނިމޭ ވަގުތު ވެސް ކުޅެން ތިބުމަކީ ދިވެހިންގެ ޒަމާންވީ އާދައަކަށް ވެފައިވާ ކަމަށެވެ. 

އެހެންވެ، ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވެން ވާނީ އެ ހަގީގަތުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އާންމުކޮށް ފެންނަނީ ނަމާދު ވަގުތު ނިމިގެންދާއިރު ވެސް ކުޅިވަރުގެ މައިދާނުގައި މީހުން ތިބޭ މަންޒަރެވެ. އަދި ކުޅިވަރު އެކުވެނި އާއި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި މިހާރު ނަމާދު ކުރެވޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

"ކުޅިވަރު ކުޅެން އުޅެފައި ނަމާދު ގަޑި ގެއްލުނަ ނުދިނުމަށްޓަކައި ގޮސް ނަމާދު ކުރުމަށް އަދި ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑައިލެވޭ ގޮތަށް ވިއްސަކަށް ވަރަކަށް މިނިޓު ނަމަވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން މިހާރު އެކި ފަރާތްތަކާއި ޙަވާލުކޮށްގެން އަޅަން ނިންމާފައިވާ ކުޅިވަރު ކުޅޭ ތަންތަނުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

ނަމާދު ވަގުތާ ދިމާކޮށް ކުޅިވަރު ކްލާސްތައް ޓްރެކް ސަރަހައްދާއި މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ދާތީ ދޭތެރެއަކުން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;