ads
ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގުން
ށ. މިލަންދޫގައި ފައިބަރު މަސައްކަތްކުރާ ތަނެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް
ށ. މިލަންދޫގައި ފައިބަރު މަސައްކަތްކުރާ ތަނެއްގައި ރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.
Advertisement

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވުމާ އެކު ރައްޔިތުންގެ މަސައްކަތުން ވަރަށް ގިނަ ޑިންގީތައް ސަލާމަތްކޮށްފައިވާ ކަމަށާއި އެކަމަކު ދެ ޑިންގީއެއްގައި ރޯވެ މުޅި ހިސާބަށް އަލިފާންގަނޑު ފެތުރުނީ ކަމަށެވެ.

މި ހާދިސާގައި މީހަކަށް ބޮޑު އަނިޔާއެއްނުވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ ރޭ 23:09 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;