މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި އާންމުކުރި ވީޑިއޯއެއްގައި ފިލްމުގެ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ބުނީ ލަގާންގެ ޕޯސްޓަރު އާ ގޮތަކަށް ޑިޒައިންކޮށްލައިގެން ހޮވޭ ޕޯސްޓަރު ހުށަހެޅި ފަރާތަށް، ފިލްމުގެ ހާއްސަ ސްކްރީނިންއެއްގައި ބައިވެރިވާން ދައުވަތު ދޭނެ ކަމަށާއި އެ ސްކްރީނިންގައި ފިލްމުގެ ކާސްޓާއި ކްރޫ ބައިވެރިވާނެ ކަމުގައި އެވެ.
އެހެންކަމުން ،މި ފިލްމަށް މި މަހުގެ 15 ވަނަ ދުވަހަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އާ ޕޯސްޓަރު ޑިޒައިން ކުރުމުގެ ޗެލެންޖަކަށް ހުޅުވައިލަނީ ކުރެހުންތެރިންނާއި ޕޯސްޓަރު ޑިޒައިންކުރާ މީހުންނަށް އެ މީހުން ބޭނުންވާ ގޮތަކަށް އެ ޕޯސްޓަރު ޑިޒައިންކޮށް ލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ އެ ވީޑިއޯގައި ބުނެފައިވެ އެވެ.
ޕޯސްޓަރު ހުށަހަޅަން ޖެހެނީ މި މަހުގެ 10 ގެ ކުރިންނެވެ.
ޑިޒައިންކުރާ ޕޯސްޓަރު އީމެއިލުން ފޮނުވުމުގެ އިތުރަށް އާމިރު ހާން ޕްރޮޑަކްޝަން ޓެގްކޮށް ވެސް ހުށަހެޅޭނެ އެވެ.
ނަމަވެސް މި ޕޯސްޓަރު ޗެލެންޖަށް އޭއައި ބޭނުންކޮށްގެން ތައްޔާރު ކުރާ ޕޯސްޓަރުތައް ބަލައެއް ނުގަންނާނެ އެވެ.
މި ފިލުމުވެގެން ގޮސްފައިވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމަކަަށެވެ.
ލަގާން ފިލްމުން ފެނިގެންދަނީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ދުވަސްވަރު އިންޑިއާ މީހުންގެ އަތުން ނަގަމުން ދިޔަ ޓެކްސް މައާފުކޮށް ދޭން އިނގިރޭސިންނަށް ޖެހުނު ގޮތުގެ ވާހަކަ އެެވެ،
އެކަން ކުރަން އިނގިރޭސީންނައް މަޖުބޫރު ވަނީ އިންޑިޔާގެ ރަށްފުށުބަޔަކާއި އެކު ކުޅުން ކްރިކެޓް މެޗަކުން އެމީހުން ބަލި ވުމުން ކަމަށް މި ފިލްމުގައި ވަނީ ދައްކުވައިދީފައި އެވެ.
އެ ފިލުމުން ފެނިގެންދާ ގޮތުގައި އިންޑިއާ އަށް ކްރިކެޓް ތައާރަފުވީ މިކަމުގެ ސަބަބުންނެވެ.
އާމިރު ހާން ގްރޭސީ ސިންގް އަދި ރޭޗަލް ސެލީ ގެ އިތުރުންވެސް އެހެންނިހެން ތަރިން ފެނިގެންދާ މި ފިލްމު ވެގެން ގޮސްފައިވަނީ ބައިނަލްއަގުވާމީ ގޮތުންވެސް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމަކަށްށެެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;