ގާނާގެ މި ގްރޫޕަކީ ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކަށުކަމާކެމީގެ ކަންކަމުގައި ހަރަކާތްތެރިވާ ގްރޫޕެކެވެ. އެ ގްރޫޕުގެ އިސް މީހާ ކަމަށްވާ އައިޑޫ ބުނި ގޮތުގައި އޭނާއަކީ ރޮނާލްޑީނިއޯގެ ބޮޑު ސަޕޯޓަރެކެވެ. އަދި ރޮނާލްޑީނިއޯގެ ސަންދޯއް އުފުލާން ލިބިއްޖެ ނަމަ އެކަން ވެގެންދާނީ އޭނާއަށް ލިބޭ ބޮޑު ޝަރަފަކަށެވެ.
ސަންދޯއް ހިފައިގެން ނަށާ ގްރޫޕް
އައިޑޫވަނީ ސަންދޯއް ހިފައިގެން ނެށުމާއި ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނި ގޮތުގައި ކޮންމެ މީހަކު މަރުވުމުންވެސް އެއީ ދެރަވާ ކަމެކެވެ. އަދި އެކަމާއި އެއްބަޔަކު ރޮއި ހިތާމަ ކުރި ނަމަވެސް އެ ގުރޫޕުގެ ބޭނުމަކީ އެ ވަގުތަކީ އުފާވެރި ވަގުތަކަށް ބަދަލުކޮށްލާށެވެ. ސައްދޯއް ހިފައިގެން އެ ގްރޫޕު ނަށަމުންދާ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވުމާއި އެކު އެ ގްރޫޕަށްވަނީ ބޮޑު މަޝްހޫރު ކަމެއް ލިބިފައެވެ.