އެ މިސްކިތުގެ ނަން ބަދަލުކުރަން ނިންމާފައިވަނީ އެ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގެ ތެރެއިން ނެވެ.
މިކަމާއި ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް "ސީއެންއެމް" އަށް ވިދާޅުވީ އެ މިސްކިތުގެ ނަން ބަދަލު ކުރަން ނިންމާފައިވަނީ ރައްޔިތުންވެސް އެކަމަށް އެދޭތީ ކަމަށާއި އެއީ ހަމަ އެކަނި އެ ކައުންސިލުން މަޝްވަރާ ކޮށްގެން ކުރަން ނިންމި ނިންމެއް ނޫން ކަމުގަ އެވެ.
އުސްމާން ވިދާޅުވީ އެ މިސްކިތަށް މިހާރު ކިޔާފައިވަނީ މަސްޖިދުލް ރަހްމާން ކަމަށާއި އެ މިސްކިތަށް އަލަށް ހަމަ ޖެހިފައިވާ ނަން ގާނޫނީ ގޮތުން އެކަން ކުރަން އޮތް ގޮތަށް އެކަން ކުރުމަށް ފަހުން އިއުލާނު ކުރާނެ ކަމުގައި އެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެ މިސްކިތް ވަރަށް ގިނަ ދުވަސް ވަންދެން ބޭނުންނުކޮށް ހުރުމަށް ފަހު އެ މިސްކިތުގެ އާބާތުރަ ފިލުވުމަށް ފަހު އެ މިސްކިތް ހުޅުވި އިރު އެ މިސްކިތުގައި އިތުރު ބަޔެއް ހަދާ ފިރިހެން ބޭފުޅުންނައް ވެސް ނަމާދު ކުރެވޭނެ ގޮތަށް އެ މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ ކައުންސިލުން ކަމުގައި އެވެ.
އޭނާ ވިދާޅުވީ އެ މިސްކިތުގެ ނަން އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ މިދިޔަ ކައުންސިލުން ކަމަށާއި މި ކައުންސިލުން އެ ނަން ބަދަލުކުރަން ނިންމީ އެ ކަން ކުރުމަށް ރައްޔިތުން އެދެމުން ދިއުމުން ކަމުގައި އެވެ.
މިދިޔަ ކައުންސިލުން އެ ނަން ބަދަލުކޮށްފައިވަނީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ގޮތަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;