ads
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް މިއަދު ކިހާދޫއަށް ކުދިން ފުރަނީ
77 ޒުވާނުން، ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް ފުރައިފި: ރައީސް
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ 77 ޒުވާނުން ސިފައިންގެ ތަމްރީނު މަރުކަޒަށް މިއަދު ފުރާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން ބައެއް ކުދިން މިއަދު ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ފުރާފައިވާކަމަށެވެ. މި ކުދިން އެ މަރުކަޒަށް ދިޔައީ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

your imageވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް

ރައީސް ވިދާޅުވީ ކިހާދޫގައި ހުންނަ ސިފައިންގެ މަރުކަޒަށް މިއަދު ފުރި ކުދިންގެ ތެރޭގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ކުދިން ހިމެނޭކަމަށެވެ. އޭގެތެރޭގައި 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ތަމްރީނުތަކުގައި ބައިވެރިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އެ ކުދިން މި ތަމްރީނުގައި ތަފާތު 6 ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. 

ހަ ކޯހުގެ ފަންނީ ތަމްރީނަށް ފަހު، ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގެ 63 ޒުވާނުން ދަސްވެނިވީ މިދިޔަ މަހުގެ ތެރޭގައެވެ. 

މިއީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;