ads
ދިއްލީގެ ދެކުނުގައި އޮންނަ މާލްވިޔާ ނަގަރު ސަރަހައްދުގެ ހޮޓަލެއްގައި ރޯވެ، އަނދަނީ
ނިއުދިއްލީގެ ހޮޓަލެއްގައި ރޯވެ 21 މީހަކު މަރުވެއްޖެ
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މީހުން ގިނަ ސަރަހައްދެއްގައި ހުރި ހޮޓަލެއްގައި ރޯވެ މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް 21 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
Advertisement

މީޑިއާތަކުން ބުނީ ދެކުނު ދިއްލީގެ މަލްވިއާ ނަގަރުގައި ހުންނަ ލެމަން ގްރީން ރެސްޓޯރަންޓްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެެރި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ޒަހަމްވެފައިވާ އިރު، ރޯވި ރެސްޓޯރަންޓުން 40 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އުސް އިމާރާތެއްގައި ހިންގަމުން ދިޔަ ރެސްޓޯރަންޓްގައި ރޯވުމާ ގުޅިގެން ބައެއް މީހުން ސަލާމާތްވާން އިމާރާތުން މަތިން ފުންމާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނެ އެވެ.

ހާދިސާގައި ޒަހަމްވި މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.

އިންޑިއަން އެކްސްޕްރެސް އާއި އެ ގައުމުގެ އެހެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އެ ސިޓީއަށް ގޮސް އުޅުނު އެފްރިކާގެ ގައުމުތަކުގެ ބައެއް ރައްޔިތުން ހިމެނެ އެވެ.

ފުލުހުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އަލިފާން ނިއްވާ 8 ވެހިކަލް ބޭނުންކޮށްގެން ކަމަސެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

"މި ހިތާމަވެރި ހާދިސާގައި، މަދުވެގެން 21 މީހުން މަރުވެފައިވާކަން، ހިތާމައާ އެކު އިއުލާނުކުރަން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ނިއުދިއްލީއަކީ ބޭސްފަރުވާއަށް ދާ މީހުންގެ މެދުގައި މަގުބޫލު މަންޒިލަކަށްވާއިރު، ގިނަ އަދަދެއްގެ ބިދޭސީން ބޮޑެތި ހޮސްޕިޓަލްތަކާ ކައިރީގައި ހުންނަ މިފަދަ ހޮޓާތަކާއި ކުއްޔަށްދޭ އެޕާޓްމަންޓްތަކުގައި ދިރިއުޅެއެވެ.

މި ހާދިސާއާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;