ads
މަރިޔަމް އީމާ މުހައްމަދު
މިސްވޯލްޑު މުބާރާތުގައި ރާއްޖެ ތަމްސީލުކުރެވޭތީ އުފާކުރަން: އީމާ
ދުނިޔޭގެ އެންމެ ބޮޑު އެއް ރީތީގެ މުބާރާތް ކަމަށްވާ މިސް ވޯލްޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށް މަރިޔަމް އީމާ މުހައްމަދު ބުނެފިއެވެ. އީމާ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.
Advertisement

ވިއެޓްނާމްގައި އޮތް މިސް ވޯލްޑް މުބާރާތުގެ ހަރަކާތްތަކުގެ ތެރެއިން އޭނާ ވަނީ މުބާރާތުގެ އޯޕަނިން ސެރެމަނީގައި ބައިވެރިވެފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކާއެކު އީމާ ބުނީ މިފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ދަތުރުގައި އެހެން ގައުމުތަކުގެ ބައިވެރިންނާ ބައްދަލުވެ އާ ތަޖުރިބާތަކެއް ކުރެވޭތީ ހިތްހަމަޖެހޭ ކަމަށެވެ.

އުމުރުން 23 އަހަރުގެ އީމާއަކީ މޮޑެލްކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ މި އޮގަސްޓު މަހުގެ ތިންވަނަ ދުވަހު ބޭއްވި މިސް ވޯލްޑް ރާއްޖެ 2026 ގެ ތާޖު ހާސިލުކޮށްފައެވެ. އެއަށްފަހު މުބާރާތުގައި ބައިވެރިވުމަށް އޭނާ ވިއެޓްނާމަށް ފުރާފައިވަނީ އޮގަސްޓު 11 ވަނަ ދުވަހުއެވެ.

އީމާ ރާއްޖެ ތަމްސީލުކުރަމުންދަނީ ވިއެޓްނާމްގައި އޮންނަ 75 ވަނަ މިސް ވޯލްޑް ފެސްޓިވަލްގައެވެ. މި މުބާރާތުގެ ހަރަކާތްތައް ކުރިއަށްދާނީ އޮގަސްޓު މަހުގެ 9 އިން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ދުނިޔޭގެ ރީތީގެ މުބާރާތެއްގައި ރާއްޖޭގެ ބައިވެރިއަކު ރަސްމީކޮށް ވާދަކުރާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން 2000 ވަނަ އަހަރު ރާއްޖެއިން ވަނީ 50 ވަނަ މިސް ވޯލްޑް މުބާރާތް ކޯ-ހޯސްޓުކޮށްފައެވެ. ނަމަވެސް އެ މުބާރާތުގައި ރާއްޖޭގެ ރަސްމީ ބައިވެރިއަކު ވާދަކޮށްފައެއް ނުވެއެވެ. އީމާގެ މި ކާމިޔާބީއާއެކު ރާއްޖޭގެ މޮޑެލިން ދާއިރާއަށް ވަނީ އާ ބާބެއް ފެށިގެން ގޮސްފައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;