ސަރިއަތުގެ ނަމުގައި މި ލޯންޗު ކުރި ވެބްސައިޓަކީ، ހައިކޯޓުގެ ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އިފުތިތާހު ކުރެއްވި ވެބްސައިޓެކެވެ.
ރަޖިސްޓަރީ ކޮށްގެން ހިލޭ ބޭނުންކުރެވޭ މި ވެބްސައިޓުގައި މިވަގުތު ސުޕްރީމް ކޯޓާއި ހައި ކޯޓުގެ 6,000 އަށްވުރެ ގިނަ ނިންމުން ވަނީ ޝާއިއުކޮށްފައެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން، މި ވެބްސައިޓުން، ވަކި ހާދިސާއެއް ލިޔެގެން އެއާ ގުޅޭ ގާނޫނީ ނިންމުންތައް ހޯދައި ދިރާސާ ކުރެވޭނެއެވެ.
އަދި ވަކިވަކި ފަނޑިޔާރުންގެ ނިންމުންތަކާއި، ގާނޫނީ އުސޫލުތަކާއި، މައްސަލައިގެ ބާވަތަށް ބަލައިގެން ނިންމުންތައް ވަކިން ހޯދެން ހުންނާނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދަށު ކޯޓުތަކުގެ ނިންމުންތަކާއި ހައިކޯޓުގެ ކުރީގެ އަތުލިޔުމުން ހުރި ނިންމުންތައް ވެސް މި ވެބްސައިޓަށް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;