ads
މޯލްޑިވިއަންއިން ތައާރަފްކުރި ޖާނީ ޕްލަސްގެ އިޝްތިހާރެއް: ޖާނީޕްލަސްގެ ދަށުން ގިނަ ހިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައި - ފޮޓޯ/މޯލްޑިވިއަން
"މޯލްޑިވިއަން ޖާނީ ޕްލަސް" ގެ ހިދުމަތް ތައާރަފްކޮށްފި
ގައުމީ އެއާލައިން، މޯލްޑިވިއަން އިން މޯލްޑިވިއަން ޖާނީޕްލަސް ގެ ނަމުގައި އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.
Advertisement

މިއީ ދަތުރުވެރިންގެ ބޭނުންތަކަށް ބަލައި ދަތުރުގެ ތަޖުރިބާ އަމިއްލައަށް ބައްޓަންކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެކެވެ. މީގެ ފުރަތަމަ ފޭސްގެ ދަށުން ފަސް އިހުތިޔާރީ ހިދުމަތެއް ވަނީ ހުޅުވާލައިފަ އެވެ.

 1. ޖާނީޕްލަސް ޕްރިިއާ: އެ ހިދުމަތުގެ ދަށުން ކަސްޓަމަރުންނަށް ޕްރައޯރިޓީ ޗެކިން ހިދުމަތް އަދި ބެގޭޖް ހެންޑްލިން ލިބޭނެ އެވެ. އަދި އިންޓަނޭޝަނަލް ކަސްޓަމަރުންނަށް ވެސް ޕްރައޯރިޓީ ބޯޑިން ހިދުމަތް ލިބޭނެ އެވެ

 2. ޖާނީޕްލަސް ބޭގްސް: އެ ހިދުމަތުގެ ތެރެއިން ކަސްޓަމަރުންނަށް އިތުރަށް ބެގޭޖް ބޭނުންވާ ފަރާތްތަކަށް ބެގޭޖް ގަނެވޭނެ އެވެ.

 3. ޖާނީޕްލަސް ރިލެކްސް: އެ ހިދުމަތުގެ ދަށުން މޯލްޑިވިއަންގެ ލައުންޖްތަކުން ހިދުމަތް ހޯދޭނެ އެވެ.

 4: ޖާނީޕްލަސް އަޕްގްރޭޑް: އެ ހިދުމަތުގެ ތެރެއިން އިންޓަނޭޝަނަލް ފަސިންޖަރުންނަށް ޓިކެޓް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

 5. ޖާނީޕްލަސް ބައިޓްސް: އެ ހިދުމަތުގެ ތެރެއިން ދަތުރުމަތީގައި ކާން ބޭނުންވާ ތަކެތި ދުރާލާ އޯޑަރު ކުރެވޭނެ އެވެ.

ދެވަނަ ފޭސްގެ ދަށުން ސީޓު އިހުތިޔާރުކުރުން ފަދަ އިތުރު ހިދުމަތްތައް ތައާރަފުކުރުމަށް ވެސް މޯލްޑިވިއަނުން ވަނީ ނިންމައިފަ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ މޯލްޑިވިއަން ޖާނީ ޕްލަސް އަކީ ފަސިންޖަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށްޓަކައި އުފައްދާފައިވާ ހިދުމަތެއް ކަމަށެވެ.

"މި ހިދުމަތްތަކުގެ ތެރެއިން ވަރަށް ގިނަ ހިދުމަތްތައް އަޅުގަނޑުމެންގެ ފަސިންޖަރުން ބޭނުންކުރާތާ އެތައް ދުވަހެއް ވެއްޖެ، އަދި ޖާނީ ޕްލަސް އާ އެކު، އަޅުގަނޑުމެން މި ގެނެސްދެނީ ކަސްޓަމަރުންގެ ދަތުރު ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ލިބޭ ހިދުމަތެއް. މިއީ ފުރަތަމަ ފިޔަވަހި ކަމަށްވާއިރު، ޖާނީ ޕްލަސް ކުރިއަރަމުންދާ ވަރަކަށް އިތުރު ހިދުމަތްތަކާއި އޮޕްޝަންތައް ތައާރަފު ކުރެވިގެންދާނެ" އިޔާސް ވިދާޅުވި އެވެ.

your imageމޯލްޑިވިއަނުން ދަތުރުވެރިންނަށް އިތުރު ފަސޭހަތަކާއެކު "ޖާނީޕްލަސް" ހިދުމަތް ތައާރަފުކުރުން - ފޮޓޯ: މޯލްޑިވިއަން


އެ ކުންފުނިން ބުނީ. ފްލައިޓް ފެށުމުގެ 24 ގަޑިއިރު ކުރިން މި ހިދުމަތަށް ބުކް ކުރެވޭނެ ކަމަށެވެ. އަދި މި ހިދުމަތްތައް މޯލްޑިވިއަން ކޯލް ސެންޓަރު، ވައިބަ، ވަޓްސްއެޕް، ޓިކެޓިން އޮފީސް، ފަސެންޖާ ސޭލްސް އެޖެންޓްސް (ޕީއެސްއޭ) އަދި ޖެނެރަލް ސޭލްސް އެޖެންޓްސް (ޖީއެސްއޭ) މެދުވެރިކޮށް މި ހިދުމަތްތައް ބުކް ކުރެވޭނެ އެވެ.

މޯލްޑިވިއަންއިން ދަނީ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން ސީޕްލޭން ދަތުރުތައް ވެސް ކުރަމުންނެވެ. އޭގެ ތެރެއިން އެ އެއާލައިންގެ އެންމެ ބޮޑު މާކެޓެއް އޮތީ ޑޮމެސްޓިކް ދަތުރުތަކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;