ads
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހަކު ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަހުގައި ދިއުމަށް ފަހު ބަހުން ފައިބަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހައްޖުވެރިން އަންނަން ފަށާތީ އެއާޕޯޓަށް ދާ މީހުން ފެރީ އަދި ބަސް ބޭނުންކުރަން އެދިއްޖެ
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަނބުރާ އަންނަން ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ އާއި ބަހުގެ ހިދުމަތް ބޭނުންކުރަން އިލްތިމާސްކޮށްފި އެވެ.
Advertisement

އެމްއޭސީއެލް އިން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، ހައްޖުވެރިން އެނބުރި އަންނަ ދުވަސްތަކަކީ ގިނަ އަދަދެއްގެ ބަޔަކު އެމީހުންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ޖަމާވާނެ ދުވަސްތަކަކަށް ވާތީ އެއާޕޯޓުގެ ޓްރެފިކަށާއި ޕާކިންއަށް ވަރަށް ބޮޑަށް ބާރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން، އެއާޕޯޓަށް ދާ ފަރާތްތަކުން އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި އެއާޕޯޓް ބަހާއި ފެރީގެ ހިދުމަތް ބޭނުންކުރުމަށް އެ ކުންފުނިން ބާރު އަޅަ އެވެ.

ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. އެ މީހުން އެނބުރި އަންނާނީ މޯލްޑިވިއަން އާއި ސައުދީ އެއާލައިންގެ ފްލައިޓްތަކުގަ އެވެ. މިގޮތުން ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ:

  • 05 ޖޫން ވާ ހުކުރު ދުވަހު 14:00
  • 07 ޖޫން ވާ އާދިއްތަ ދުވަހު 17:40 
  • 08 ޖޫން ވާ ހޯމަ ދުވަހު 14:00
  • 09 ޖޫން ވާ އަންގާރަ ދުވަހުގެ 10:00

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ދިޔަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;