ads
ޝިޔާމް: 12 އަހަރަށް ފަހު ފުލުހުންގެ ވަޒީފާއަށް ވަނީ ނުކުންނަވާފައި
ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ޝިޔާމަށް ފުލުހުންގެ ވަޒީފާ ދީފި
ބާރަ އަހަރު ފަހުން، ފުލުހުންގެ ކުރީގެ އިސް ތަރުޖަމާނު އަދި އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވަޒީފާއަށް އަލުން ނުކުންނަވައިފި އެވެ.
Advertisement

2001 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ފުލުހުންގެ ވަޒީފާއާއި ގުޅުނު ޝިޔާމް އެ ވަޒީފާއިން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މޭއި މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށް ގަވާއިދާ ހިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް އެ މައަސަލަ ހުށަހެޅެވުމުން ވަޒީފާއިން ސަސްޕެންޑް ކުރުމަށްފަހު ވަޒީފާއިން ވަކިކުރުމަށް ބޯޑުން ނިންމައިގެންނެވެ.

އެކަމާއި ގުޅިގެން އޭނާގެ ފަރާތުން މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުުން އެ ކޯޓުން ނިންމީ އޭނާއަށް ވަޒީފާ ދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ. އެހެން ކަމުން އޭނާ ވަނީ މައްސަލަ ހައިޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މައްސަލަ އިސްތިއުނާފް ކުރުން ހުކުމް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަމުރުކޮށްފައިވެ އެވެ. 

ހައި ކޯޓުގެ އެ އެންގުމާ އެއްގޮތަށް ފުލުހުން ވަނީ ޝިޔާމަށް ވަޒީފާ ހަމަޖައްސައިފަ އެވެ. އޭނާ މިއަދު އެ ވަޒީފާއަށް ނުކުންނަން ފައްޓަވާފައިވާއިރު، މިއީ ލިބޭ ޝަރަފެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ޝަރަފެއް އަަބަދުވެސް ފުލުހުންގެ ޔުނީފޯމުގައި ހިދުމަތްކުރުމަކީ. ވަރަށް ގިނަ ބަޔެއްގެ އެހީއާއި އެއްބާރުލުމާ އެކު އަހަރުތަކަކަށް ފަހު އަނބުރާ މި ނުކުމެވުނީ،" ޝިޔާމް ވިދާޅުވި އެވެ.

ހައި ކޯޓުން ހުކުމްކުރީ ޝިޔާމް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެ ހުކުމްކުރި ދުވަހާ ހަމައަށް އޭނާއަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ. ދައުލަތުން ވަނީ ހުކުމުގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. 

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހައި ކޯޓުގެ ހުކުމުގައި ހިމެނޭ މުސާރަ އާއި އިނާޔަތުގެ ބަޔަކީ ސުޕްރީމް ކޯޓުން މި ފަހުން ވަޒީފާއާ ބެހޭ މައްސަލަތަކުގައި އަމަލުކުރުމަށް ނިންމި ނިންމުމަކާ ހިލާފު ނިންމުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;