ads
ހުޅުޖަހަން ގޮވާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ހުޅުޖަހަން ގޮވާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހއ. ބާރަށު ކުއްޅަވައްގޭ އަލީ ޖުމާން މިއަދު ހައްޔަރުކޮށްފި އެވެ.
Advertisement

މިދިޔަ ހޯމަ ދުވަހު އޭނާ އެކްސް (ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ވަނީ ސަރުކާރުން ޔަހޫދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށް ބުނެ، އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް މުޒާހަރާ ކުރުމަށް ގޮވާލާފައެވެ. އަދި ރެޑްވޭވް ފިހާރަ ލޫޓުވާލުމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. 

ޖުމާންއަކީ އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންވެސް ހައްޔަރުކުރި މީހެކެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ އިތުރުން ސުޕްރީމް ކޯޓުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންވެސް ވަނީ ހައްޔަރުކޮށްފައެވެ. 

ދައުލަތުގެ ތިން ބާރުގެ އިމާރާތުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލުކޮށް ޕޯސްޓްކުރުމަށްފަހު ގަޑިއިރެއް ތެރޭ އޭނާ އެ ޕޯސްޓް ޑިލީޓް ކުރި ނަމަވެސް، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް