ads
މިއަހަރު ހައްޖަށްދިޔަ ދިވެހި ހައްޖުވެރިން ހަރަމްފުޅުގައި ތަވާފުކުރަނީ
ހައްޖީންނަށް ފްލޫ ކްލިނިކް ނުހުންނާނެ، އެކަމަކު ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ
މިއަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައިވާ އަންނަ ހައްޖުވެރިންނަށް ވަކި ފްލޫ ކްލިނިކް ނުހުންނާނެކަމަށާއި އެހެންނަމަވެސް ހައްޖުވެރިންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
Advertisement

މިަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެއެވެ. ކޮންމެ އަހަރަކުވެސް ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްވަރަކީ ކެއްސުމާއި އަރިދަފުސް ރޯގާ އިތުވެގެންދާ ދުވަސްވަރަކެވެ. 

އެޗްޕީއޭއިން ބުނީ މި އަހަރު ހައްޖުވެރިން އަންނަ ދުވަްވަރާ ދިމާކޮށް ހައްޖުވެރިންނަށް ހާއްސަ ފުލޫ ކްލިނިކެއް ގާއިމުނުކުރާނެކަމަށެވެ. އެހެންނަމަވެސް ހުރިހާ ހޮސްޕިޓަލެއްގެ އޯޕީޑީން ފަސޭހަކަމާ އެކު ހައްޖުވެރިންނަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ޑޮކްޓަރަށް ދައްކާއިރު ހައްޖުން އައި މީހެއްކަމުގެ މައުލޫމާރު ދިނުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. 

ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި، ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އެދެއެވެ.

މިއަހަރުވެސް ރާއްޖެއިން 1000 މީހުން ހައްޖަށް ދިޔައިރު ހުރިހާ ހައްޖުވެރިން ފުރާފައިވަނީ ހަތަރު ގްރޫޕަކަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން ރާއްޖެ އަންނާނީވެސް ރާއްޖެއިން ދިޔަ ތަރުތީބުން ހަތަރު ގުރޫޕަކަށް ބަހާލައިގެންކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;