ads
އާމިރުގެ މިހާރުގެ ލޯބިވެރިޔާ ގޯރީއާއި އެކު
އާމިރުގެ ތިންވަނަ ކައިވެނި އަންނަމަހު ކުރަނީ
ބޮލީވުޑްގެ ސުޕާ ސްޓާރު އާމިރު ހާން އަންނަމަހު ކައިވެނިކިރަން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަައިފިއެވެ.
Advertisement

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތައް ބުނާގޮތުން  އުމުރުން 61 އަހަރުގެ އާމިރުހާން ކައިވެނިކުރަން ހަމަޖެހިފައިވަނީ އަންނަމަހުގެ 5 ވަނދުވަހުއެވެ. އޭނާ ކައިވެނިކުރަނީ މީހާރު އޭނާ ރައްޓެހިވެގެން އުޅޭރާ އަހަރެއްހާ ދުވަސްވެފައިވާ 47 އަހަރުގެ ގޯރީ ސްޕްރަޓްއެވެ. 

މި ކައިވެނި މާ ބޮޑުކޮށް ބާއްވަން އާމިރު ނުސްވިނާކަމަށާއި މި ކައިވެނި އޮންނާނީ އޭނާގެ އަމިއްލަ ގޭގައިކަމަށް ހަބަރުތައް ބުނެއެވެ. އަދި ކައިވެނީގެ ހަފްލާއަށް ދައުވަތުދޭނީ އާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މީ އާމިރުގެ ތިންވަނަ ކައިވެންޏެވެ. އާމިރުނ އެނެމް ފުރަތަމ ކައިވެނިކުރީ 1986 ގައި ރީނާ ދައްތާއެވެ. އެ ކުރި ކައިވެނި 2002 ރޫޅާލިއިރު އެ ދެމީހުންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައިވެއެވެ. އެއީ ޖުނައިދު ހާނާއި އިރާ ހާންއެވެ. މީގެތެރެއިން ޖުނައިދު ވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ. އޭނާގެ ފުރަތަމަ ފިލމުގެ ކާމިޔާބަށްފަހު ކުޅު ދެވެނަ ފިލްމް  'އޭކް ދިން' މިދިޔަ މަހު ވަނީ ރިލީޒްކޮށްފައެވެ. 

އާމިރު ހާން އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނީ ޑައިރެކްޓަރު ކިރަން ރާއޯއާއެވެ. 2005 ގައި ކުރި ކައިވެނި 2021ގައި ރޫޅާލއިރު  އާމިރާއި ކިރަން އަށް ފިރިހެން ކުއްޖެއް ލިބިފައިވެއެވެ. އެއީ މި އަހަރު 15 އަހަރު ފުރޭ އާޒާދު ރާއޯ ހާނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;