ads
މީގެ ކުރިން އީރާނުން ކުވައިތަށް ދިން ހަމަލާއަކަށް ފަހު އެތަނުން ދުން އަރަނީ: މިއަދު ދިން ހަމަލާތަކެއްގައި ވަނީ އެއާޕޯޓް ބަންދުކުރަންޖެހިފައި. - ފޮޓޯ: އޭއެފްޕީ
ބަހުރައިނާއި ކުވައިތަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އީރާނުން އިއްޔެ ބަހުރައިނަށާއި ކުވައިތަށް ދިން މިސައިލާއި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
Advertisement

އީރާނާއި އެމެރިކާއިން ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމަށް ފަހު އަނެއްކާވެސް ހާލަތު ގޯސްވެފައި ވަނިކޮށް އީރާނުން މިފަހުން ދިން ހަމަލާތަކުގައި ކުވައިތުގެ އެއާޕޯޓް އަދި ބަހުރައިންގެ އަސްކަރީ މަރުކަޒުތަކަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ.

އީރާނުން ރައްދުގައި ހަމަލާ ދިނީ އީރާނަށް ދިޔަ ބޯޓަކަށް އެމެރިކާ ސިފައިން ހަމަލާދީފައި ވަނިކޮށެވެ. އަދި އޭގެ ފަހުން އެމެރިކާއިން ވަނީ އީރާންގެ ރަށެއްގައި ކަމަށްވާ ގިޝްމްގައި ގާއިމުކޮށްފައިވާ ކޮމާންޑް ސެންޓަރަކަށް ވެސް ހަމަލާ ދީފަ އެވެ.  

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ކުވައިތާއި ބަހުރައިނަށް އަމާޒުކޮށް ދިން ޑްރޯނު ހަމަލާތަކުގައި މަދަނީން ނުވަތަ އާއްމުން ދިރިއުޅޭ ތަންތަނުގެ އިތުރަށް އެ ދެ ގައުމުގެ މުހިއްމު އުމްރާނީ ވަސީލަތްތައް އަމާޒުފަތްގަނޑަކަށް ހަދާފައި ވެއެވެ. 

މި ހަމަލާތަކަކީ ބަހުރައިނާއި ކުވައިތުގެ ސިޔާދަތަށް ހުރަސް އެޅި، އަދި މެދުއިރުމަތީ ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކާތެރިކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.

ރާއްޖޭން އަބަދަވެސް އޮތީ ބަހުރައިނާއި ކުވައިތާ އެކު ކަމަށް، ދިވެހި ސަރުކާރުން ބުންޏެވެ. އަދި އެ ދެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖޭން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ކުވައިތުގެ އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް މެދުކަނޑާލިއިރު، ބަހްރޭނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އީރާނުން ފޮނުވާލި ތިން މިސައިލަކާއި ބައެއް ޑްރޯންތައް ހުއްޓުވާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;