މި އާ އިންތިޒާމުގެ ދަށުން، ލޯނަށް ފައިސާ ދައްކަން ޖެހޭ ތާރީހުގައި ކަސްޓަމަރުންގެ ބޭންކު އެކައުންޓުން އޮޓޮމެޓިކުން އިންސްޓޯލްމަންޓް ކެނޑޭނެ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ އިދާރީ މަސައްކަތްތައް މަދުކުރުމާ އެކު، ގަވާއިދުން ފައިސާ ދެއްކުމަށް މަގުފަހިކޮށްދީ ކަސްޓަމަރުންގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުން ކަމަށެވެ.
މި ހިދުމަތް ފުރަތަމަ ފޯރުކޮށް ދޭން ފަށާނީ އާންމު ލޯނުތަކުން އިސްލާމިކް ފައިނޭންސިންއަށް ބަދަލުވި ކަސްޓަމަރުންނަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ނިޒާމުގެ ތެރެއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.
މި އައު ހިދުމަތާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ކަމަށެވެ.
އޮޓޮމޭޓެޑް ރިޕޭމަންޓް އިންޓަގްރޭޝަނަކީ، ކަސްޓަމަރުންނަށް އިސްކަންދޭ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ ކުރިއެރުމެކެވެ.
އެސްއެމްޑީ ޑިޖިޓަލް އަކީ ބީއެމްއެލްގެ ސަބްސިޑަރީއެކެވެ. އެތަނުން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ތައާރަފު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;