ads
ރަންވީރު ސިންގް
ރަންވީރަށް އަޅަން ނިންމި ފިޔަވަޅުތައް ބާތިލްކޮށްފި
ބޮލީވުޑްގެ ތަރި ރަންވީރު ސިންގްއާ ދެކޮޅަށް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަމިއްލަ ޖަމިއްޔާ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ) އިން އިން ނެރެފައި އޮތް "ނޮން-ކޯޕަރޭޝަން" ނުވަތަ އެއްބާރުލުން ނުދިނުމުގެ އަމުރު އެ ޖަމިއްޔާ އިން އިއްޔެ އަނބުރާ ގެންގޮސްފި އެވެ.
Advertisement

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ) އިން ކުރިން އަންގާފައިވާ ގޮތުގައި ބޮލީވުޑްގެ އެއްވެސް ބަޔަކު އޭނާއާއި އެކުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމުގައި އެވެ.  

މި މައްސަލަ ފެށުނީ ޝާހްރުކް ހާންގެ ބަދަލުގައި "ޑޮން 3"ގެ ލީޑު ރޯލަށް ސޮއިކޮށްފައިވާ ރަންވީރު، ފިލްމުގެ ޝޫޓިން ފެށުމަށް އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ފިލްމުން ވަކިވުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރަންވީރު ފިލްމުން ވަކިވީ އޭނާގެ ފަހުގެ ފިލްމު "ދުރަންދަރު"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، "ޑޮން 3"ގެ ސްކްރިޕުޓްގައި ހުރި ބައެއް ކަންކަމާ ހާއްސަކޮށް އަނިޔާވެރި މަންޒަރުތަކާއި ބޭނުންކޮށްފައި ހުރި ބައެއް ބަސްމަގާ މެދު ހިތްހަމަނުޖެހިގެން، ސްކްރިޕްޓް ބަދަލުކުރަން އެދުމުން އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގަ އެވެ.

އިންޑިއާގެ މުމްބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްޑަބްލިއުއައިސީއީގެ ރައީސް ބީ އެން ތިވާރީ ބުނެފައި ވަނީ އެ ނިންމުން އުވާލަން ނިންމީ ބޮލީވުޑްގެ އެހެން ޖަމިއްޔާތައް ކަމަށްވާ ސިންޓާ އަދި އިމްޕާގެ އެދުމުގެ މަތިން ކަމަށެވެ.

އެފްޑަބްލިއުއައިސީއީގެ ޗީފް އެޑްވައިޒަރު އަޝޯކް ޕަންޑިތު ބުނީ އެ އަމުރު ބާތިލްކުރުމަށް އެދި ރަންވީރުގެ ފަރާތުން އެ ޖަމިއްޔާއަށް ގާނޫނީ ނޯޓިހެއް ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި އެފްޑަބްލިއުއައިސީއީއަކީ އެއްވެސް މީހެއްގެ މަސައްކަތެއް ނުވަތަ މީހަކު ބޭން ކުރުމުގެ ބާރު އޮތް ބައެއް ނޫން ކަމަށާއި ރަންވީރާ ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކުރަން އެ ޖަމިއްޔާ އިން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;