ads
ސިއްހަތާއި ޢާއިލާއާއި އިޖުތިމާއާ އެހީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" ފޯރަމްގެ ތެރެއިން "އަމާނާތް" މަޖައްލާ އިފްތިތާހުކޮށްދެއްވުން - ފޮޓޯ: ރައީސް އޮފީސް
ގައުމީ މަޝްވަރާގެ ހަގީގީ ނަތީޖާ ފެންނާނީ ކުރާ އަމަލުން: ފަސްޓް ލޭޑީ
ގައުމީ މަޝްވަރާގެ ހަގީގީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން ކަމަށާއި އެކަން ވާން އޮތީ އަމަލުން ދައްކާ މަސައްކަތުން ކަމަށް
Advertisement

އެކަމަނާ މިހެން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ބާއްވާ މިފަދަ މަޝްވަރާތަކުގެ ހަގީގީ އަގު ވަޒަންކުރެވޭނީ ހަމައެކަނި ދައްކާ ވާހަކަތަކުން ނޫން ކަމަށާއި، އެއީ އެ މަޝްވަރާތަކަށްފަހު އަމަލީ ގޮތުން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. 

ކުޑަކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުން ނޫންކަން ފާހަގަކުރައްވައި، އެކުދިންގެ އަހުލާގާއި، އީމާންތެރިކަމާއި، ކެތްތެރިކަން އަށަގަންނުވަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކުޑަކުދިން ރައްކާތެރިކުރުމަކީ ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދޭނެ މައިންބަފައިންނާއި، މުދައްރިސުންނާއި، އަދި ރަނގަޅު މަގު ދައްކައިދޭ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. 

"މިއީ ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫން. އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން. އެގޮތުން ކުދިންނާ ވާހަކަދައްކާ ގޮތާއި، އެކުދިންގެ އަޑުއަހާ ގޮތާއި، އަދި އެކުދިންނަށް ދައްކާ ނަމޫނާއަކީ ވަރަށްވެސް މުހިންމު ކަމެއް." ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވި އެވެ.

ގައުމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން "މަޝްވަރާ އޮން ޗައިލްޑް ރައިޓް" ނުވަތަ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާގެ ނަމުގައި ހާއްސަ ހަރަކާތެއް މިވަނީ ފަށާފަ އެވެ. މި ހަރަކާތަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، ކުޑަކުދިންނަށް ދިމާވާ އެކި ކަހަލަ ކަންކަމާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;