މިއަދުވި މި އެއްބަސްވުމުގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ދަރިކަލުން ފާރިސް މައުމޫނެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއީ އެމްޑަބްލިއުއެސްސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިނިޝިއޭޓިވްސްގެ ދަށުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު މުހިންމު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން، މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އާ ފުރުސަތުތަކެއް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. އެމްޑަބްލިޔުއެސްސީން ބުނީ މިއެއްބަސްވުމުގެ ދަށުން ސްކޮލަރޝިޕް ދޭނީ ގައުމީ ޔުނިވާސިޓީގައި މާސްޓާސް ޑިގްރީ ޕްރޮގްރާމެއްގައި ކިޔަވާ ދަރިވަރަކަށް ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ މައުމޫން ފައުންޑޭޝަނާއެކު މަސައްކަތްޕުޅު ކުރެއްވުމަކީ އެމަނިކުފާނަށާއި އެމްޑަބްލިއުއެސްސީއަށް ލިބުނު އުފަލެއް ކަމަށެވެ.
މައުމޫން ފައުންޑޭޝަންގެ ވައިސް، ޗެއާމަންގެ ވާހަކައިގައި ފައުންޑޭޝަންގެ ފަރާތުން، އެމްޑަބްލިއުއެސްސީގައި ދަންނަވާލި ދަންނަވާލުމަށް އެ ކުންފުނިން ދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މައުމޫން ފައުންޑޭޝަންގެ ޗެއާމަން ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ނަންފުޅުގައި އަދި ފައުންޑޭޝަންގެ ހިންގާ ކޮމިޓީ އާއި މެންބަރުންގެ ނަމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަށް އަދި މުވައްޒަފުންނަށް ޝުކުރު ދެންނެވި އެވެ.
މައުމޫން ފައުންޑޭޝަނަކީ އިޖްތިމާއީ މަސައްކަތްތައް ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އުފައްދަވާފައިވާ ޖަމްއިއްޔާއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;