އެ ކުންފުނިން ހުރިހާ މުވައްޒަފުންނަށް ނެރުނު އިންޓާނަލް މެމޯއެއްގައި ވަނީ ހުރިހާ ޑިޕާޓްމަންޓް ތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށް އަންގާފައެވެ.
އަދި އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ޕޮލިސް ރިކޯޑް ފޮނުވަން ޖެހޭނެ ކަމަށްވެސް އެ މެމޯގައިވެއެވެ.
ފެނަކަ މުވައްޒަފުންނަށް ޕޮލިސް ރިކޯޑް ހޯދަން އަންގާފައި މިވަނީ ތަނުގެ ސައިޒްކުޑަކޮށް މާލީ ހާލަތު ރަނގަޅުކުރުމަށް ކުންފުނިން މުވައްޒަފުން މަދުކުރަން ނިންމާއެކަން އިއުލާންކޮށްފައި ވަނިކޮށެވެ. ކުންފުނިން އަމިއްލައަށް ވަކިވާން އެދޭ މުވައްޒަފުންނަށް އެކަމަށް އެދި ހުށައަޅަން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އަމިއްލައަށް ވަކިވާ މުވައްޒަފުންނަށް ހަތަރުމަހުގެ މުސާރަ ދޭނެކަމަށްވެސް ކުންފުނިން އިއްޔެ ވަނީ މުވައްޒަފުންނަށް އަންގާފައެވެ.
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވިދާޅުވީ، ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދޭން ނިންމީ، ކުރާނެ މަސައްކަތެއް ނެތި ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެ ކުންފުނީގައި ތިބުމުންކަމަށެވެ. އަދި ބައެއް މުވައްޒަފުން ދުވަހުގެ ހުރިހާ ވަގުތެއް ކޮފީގައި ހޭދަކުރާއިރު އެ މުވައްޒަފުންނަަށް ޕްތޮމޯޝަންވެސް ބަރާބަރަށް ލިބޭކަންވެސް އަފީފު ވަނީ ފާހަގަކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;