ads
ލ. ކަލައިދޫގައި އެމްއައިބީގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއައިބީ
ލ. ކަލައިދޫއަށް އެމްއައިބީ އޭޓީއެމްގެ ހިދުމަތް
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ހިދުމަތް ލ. ކަލައިދޫގައި ފަށައިފި އެވެ.
Advertisement

އެމްއައިބީން ބުނީ، މި އޭޓީއެމް ހިދުމަތް ފަރުމާކޮށްފައިވަނީ ބޭންކިން ނިޒާމް ފަސޭހަކޮށްދީ، ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދޭނެ ގޮތަށް ކަމަށެވެ. 

އަދި މާލީ ހިދުމަތް ދިނުން ފުޅާކުރުމުގެ ގޮތުން އެ ބޭންކުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާރވިސް ބޭންކިންގ ނެޓްވޯކް ހިދުމަތް ތައާރަފު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އަލަށް ގާއިމުކުރި އެ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

އެމްއައިބީއިން ރާއްޖޭގެ އެކި ހިސާބުތަކަށް އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، ފަސޭހައިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ބެންކުގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ވެސް ދަނީ ދެމުންނެވެ. 

އެގޮތުން ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަގުތުން އެހެން ބޭންކުތަކަށް ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރަށް ކާޑު ނުލާ ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް އެ ބޭންކުން ދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;