ads
އދ. ގެ ބައްދަލުވުމެއްގައި ރާއްޖޭގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަނީ
އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ރާއްޖެ އިންތިހާބުވެއްޖެ
އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ރާއްޖެ އިންތިހާބުވެއްޖެއެވެ.
Advertisement

މީ އދ. ގެ އާއްމު މެމްބަރަކަށް 1965 ވަނަ އަހަރު ރާއްޖެވުމަށްފަހު  މިވީ 61 އަހަރުގެ ތެރޭގައި އިކޮސޮކް އަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރުކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

ރާއްްޖެ އިކޮސޮކްއަށް ހޮވުނީ 183 ވޯޓުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާ އެކު ދެން ހޮވުނީ މެލޭޝިއާ އަދި ސައުތު ކޮރެއާއެވެ. ރާއްްޖެ އިކޮސޮކްގައި ހިމެނޭ ދައުރު ރަސްމީކޮށް ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީމަހުގައެވެ. އަދި ދައުރު ހަމަވާނީ 2029 ވަނަ އަހަރުގެ ޑިސެމްބަރު 31 އެވެ.

ރާއްޖެ އިކޮސޮކް އަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވުމަކީ ގައުމަށް ލިބުނު ފަހުރެއްކަމަށް ފޮރިން މިނިސްތަރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އަދި މީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަނެ އިތުބާރު އޮތްކަމުގެ ހެއްކެއްކަމަށްވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ.

އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް، އިކޮސޮކްގެ ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުން ބޭނުންވާ ކަންކަމުގައި ވަކާލާތުކުރުމަށް ރާއްޖެއަށް ލިބުނު އިތުރު ބާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;