ads
މަގާމުން އިސްްތިއުފާދެއްވި ނާޒިމް ރައީސް އޮފީހުގެ އިސް މަގާމަކަށް
ހެލްތު މިނިސްޓަރުކަމުން އިސްްތިއުފާދެއްވި އަބްދުﷲ ނާޒިމް އިބްރާހިމް ރައީސް އޮފީހުގެ އިސް މަގާމަކަށް މިނިސްޓަރުން ފެންވަރުގައި އައްޔަންކޮށްފިއެވެ.
Advertisement

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު މިދިޔަ އޭޕްރިލްމަހުގެ 14 ވަނަ ދުވަހު ކުއްލިއަކަށް އިސްތިއުފާދެއްވި 10 ވަޒީރުންގެ ތެރޭގައި ނާޒިމްވެސް ހިމެނިވަޑައިގެންނެވިއެވެ. 

ނާޒިމު ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް މިހާރު ވަނީ އައްޔަންކުރައްވާފައެވެ. މިދިޔަ ހަފްތާގައި އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ވަޒީރުންގެ ފެންވަރުގައެވެ.

މި ސަރުކާރާއެކު ނާޒިމް އެންމެ ފުރަތަމަ ވެސް އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީއަށެވެ. ހެލްތު މިނިސްޓަރަކަށް ނާޒިމް އައްޔަންކުރެއްވީ ސެޕްޓެމްބަރު 30، 2024 ގައެވެ.  

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ނާޒިމް އައްޔަންކުރެއްވިއިރު އެ އޮފީހުގެ ބައެއް މަގާމުތަކަށް މީހުން ހޯދުމަށް ރައީސް އޮފީހުން އިއުލާންކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. 

ކުއްްލިއަކަށް ވަޒީރުކަމުން އިސްތިއުފާދެއްވި ތިން ވަޒީރަކު މިހާތަނަށް ސަރުކާރުން މިވަނީ އިސް މަގާމުތަކަށް އައްޔަންކޮށްފައެވެ. އޭއީ ނާޒިމްގެ އިތުރުންް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު އުމަރާއި  ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތާރިގް އިބްރާހިމްއެވެ. 

އާދަމް ޝަރީފު އައްޔަންކުރަން ނިންމާފައިވަނީ ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ. ތާރިގް އައްޔަން ކުރަން ނިންމާފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ.    

 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;