މީހުން ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތަށް ހައްޔަރުކުރި އުމުރުން 30 އަހަރުގެ މީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ.
ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ އަނބިމީހާ ވަނީ އޭނާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން ހަށިވިއްކުވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފަ އެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.