ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގަ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމު 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ މިހާރު ވަނީ އުވާލާފަ އެވެ. އެއާއިއެކު ޝުޖާއު ވަނީ އެމްޑީޕީއާއި މިހާރު ގުޅިވަޑައިގެންފަ އެވެ.
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްސޮއި ކުރައްވައި ޝުޖާއުއަށް އިއްޔެ ފޮނުވި ސިޓީގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ ޅ. ގައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުމަށް ފަހު އެ އިންތިހާބުވި ދައުރު ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން ކައުންސިލު މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ޝުޖާއު "ސީއެންއެމް" މިއަދު ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެކަހެރިކޮށް އެލްޖީއޭއިން ކައުންސިލްގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އޭނާ އިންތިހާބުވި ނަމަވެސް މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގި ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ސުޖާއުގެ ގޮނޑި ގެއްލުވާލައިފި ނަމަ އޭނާ ވާނީ ޕާޓީ ބަދަލުކުރި މައްސަލައެއްގައި ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;