ads
ކޮލަމްބޯ ޕޯޓު
ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް ހައްލުކޮށްފި
ކޮލަމްބޯ ޕޯޓުން ރާއްޖެއަށް ކޮންޓޭނަރު ގެނައުމަށް ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
Advertisement

މިއަދު އެމްޕީއެލްއިން ބުނީ، މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ ކޮލޮމްބޯ ޕޯޓުން މާލެއަށް ކޮންޓޭނަރު ގެނައުމުގައި ދިމާވި ދަތިތައް ހައްލުކޮށްފައިވާ ކަމަށެވެ.

އޭރު މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ދަތިތަކެއް އުފެދުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގެ އަދަދު އިތުރުވުމުން ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ކުރީކޮޅު މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެގެންދިޔަ އެވެ. އަދި މިކަމުގެ ސަބަބުން އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ޕޯޓުގައި ގިނަ އަދަދެއްގެ ކޮންޓެއިނަރު ތާށިވި އެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް ގާތްގަނޑަށް 4200 ކޮންޓެއިނަރު ލަންކާ ބަނދަރުގައި ތާށިވި އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް މި ވަގުތުން ވަގުތަށް ހޯދޭނެ ހައްލުތައް ދެނެގަނެ، ފިޔަވަޅުތައް އެޅުމަށް އެމްޕީއެލްއިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;