މިއަދު ހެނދުނު އަށެއް ޖެހިއިރު، ފެށި، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްގެންދަން އޮތީ ހަވީރު ހަތަރަކާ ހަމައަށެވެ. އެހެންމަވެސް ހަތަރެއް ޖަހަން ކައިރިވެފައިވަނިކޮށް ވަނީ ގަޑިއިރެއް ިއތުރުކޮށް ފަހެއްޖާއިރު ވޯޓް ފޮށިތައް ބަންދުކުރަން ނިންމާފައެވެ.
ވަގުތު ހަމަވުމާއި އެކު މިހާރު ވަނީ ވޯޓް ފޮށިތައް ބަންދުކޮށް ވޯތް ގުނުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައެވެ.
އީސީން އެންމެ ފަހުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް 2563 މީހުން ވަނީ ވޯޓްލާފައެވެ. އެއީ ވޯޓްލިމިބުމުގެ ހައްގު ލިބިފައިވާ މީހުންގެ 62.19 އިންސައްތަ މީހުންނެވެ.
މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121އަށް އަރައެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;