ads
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެެއްވި ސޯބެ، ރައީސް ސާލިހާއި ރައީސް ނަޝީދާއި އެކު
އައްޑޫއިން އަނެއްކާވެސް ސަރުކާރު ބަލިވެއްޖެ، ސޯބެއަށް ގޮނޑި
އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ވެރިކަން ހިންގާ ޕީއެންސީ ބަލިވެ އިދިކޮޅު އެމްޑީޕީން އެ ގޮނޑި ކަށަވަރުކޮށްފި އެވެ.
Advertisement

މީ ދާދި ކައިރީގައި ބޭއްވި ދެ އިންތިހާބުން ސަރުކާރަށް އައްޑޫ ސިޓީން ނާކިޔާބީއާ ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ. 

މިއަދު ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދުއެވެ. މި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ މިހާރު  ދައްކާގޮތުން ސަރުކާރަށް އެ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި  އިދިކޮޅު އެމްޑީޕީއަށް އެ ގޮނޑި މިވަނީ ލިބިފައެވެ. 

މި ކާމިޔާބީއާއި އެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ސަރުުކާރު ހިންގާ ޕީއެންސީގެ ސުޕާ މެޖޯރިޓީި މެމްބަރުންގެ އަދަދު 75 ކުން 74 ވެއްޓުނީ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިހާބު ކުރި މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

މީ އައްޑޫ ސިޓީން ސަރުކާރުން ހިންގާ ޕީއެންސީއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހޭ ދެވަނަ ފަހަރުއެވެ. ދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;