ads
ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
އިންތިހާބުން ބަލިވުމުން ފަލާހް ވިދާޅުވީ 2028ގައި އައްޑޫވާނީ ޕީއެންސީގެ ކިއްލާއަކަށްކަމަށް
މިއަދުގެ ނަތީޖާއިން ހާމަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އައްޑޫ ސިޓީން އޮތް އިތުބާރާއި ލޯބި ކަމަށާއި 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްްޖެ އެވެ.
Advertisement

މިއަދު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަންސް 62 ވޯޓުގެ ތަފާތަކުން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރު އަބްދު ﷲ ސާދިގު (ސޯބެ) އެވެ.

އިންތިހާބުން ނުކުތް ނަތީޖާއާއި ގުޅިގެން ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި އިންތިހާބުގައި ހިތަދޫން އިން ލަދުވެތިގޮތަކަށް ސޯބެ ބަލިކޮށްފައިވާކަމަށެވެ. އަދި މުޅި އެމްޑީޕީއެކުގައި އައްޑޫ ސިޓީއަށް އެރުމުންވެސް ސޯބެ ބަލިވީކަމަށް ފަލާހް ވިދާޅުވިއެވެ.

" އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުން، އިބޫ، އަންނި، ފައްޔާޒު، ޝާހިދު، އާޒިމް އަދި އަދި މުޅި އުމުރުގައި އެދާއިރާގެ މެންބަރުކަންކުރި އަސްލަމާއި ދެންވެސް އެމްޑީޕީގެ ގައުމީ މަޖިލީސް އެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީއާއި އެކު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ބުނެއުޅުނު ޔާމީން ތާއީދުކޮށްގެން ވެސް، މިއަދު އޮތް އިންތިހާބުގައި ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައި." ފަލާހް އެކްސްގައު ކުރި ޕޯސްޓުގައިވެއެވެ.

ފަލާހް ވިދާޅުވީ މިއަދުގެ ނަތީޖާއިން އެމްޑީޕީ ފެއިލްވެފައިވާކަމަށް އައްޑޫ ރައްޔިތުން ބުނާކަމަށެވެ. އަދި އެމްޑީޕީގެ ލީޑާޝިޕް އަދި ރައީސް ޔާމީން އައްޑޫ ސިޓީއަށް ނާރަން އެ ސިޓިގެ ރައްޔިތުން ބުނާކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

" އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ! " ފަލާހް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ރައީސް މުއިއްޒުގެ މަގްބޫލުކަން ބޮޑޫވެފައިވާކަމަށާއި 2028 ގައި އައްޑޫ ސިޓީ ވާނީ ޕީއެންސީގެ ކިއްލާއަކަށްކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

" މިއަދު ބޭއްވުނު އިންތިޚާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް. ރައީސް މުޢިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް. 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް،" ފަލާހް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;