ads
މިއަހަރު ހައްޖަށްދިޔަ ހައްޖުވެރިޔަކު ރާއްޖެ އައުމުން އާއިލީ މެމްބަރަކު ވެލާނާ އެއާޕޯޓުން މަރުހަބާ ކިޔަނީ
ހުޅުމާލޭގައި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް، ދާން ޖެހެނީ މާސްކު އަޅައިގެން
މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފައި އަންނަ ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފުލޫ ކްލިނިކެއް އެންމެ ފަހުން ހަދައިފިއެވެ.
Advertisement

މިއަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައި އަންނަ ހައްޖުވެރިންނަށް ވަކި ފްލޫ ކްލިނިކް ނުހުންނާނެކަމަށާއި އެހެންނަމަވެސް ހައްޖުވެރިންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) ކުރިން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް އެޗްޕީއޭއިން ރޭ ބުނީ ހައްޖުވެރިންނަށް ހާއްސަކޮށްގެން ފުލޫ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ގާއިމުކޮށްފައިވާކަަމަށެވެ. ހުޅުމާލެ ހޮސްޕިޓަލް މައިކައުންޓަރާއި ދިމާލުގައި ހުންނަ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މެންދުރު 14:00 އިން ރޭގަނޑު 22:00 އަށް ހިދުމަތް ލިބޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ. 

އެޗްޕީއޭއިން ބުނީ ހައްޖުވެރިންގެ ފުލޫ ކްލިނިކުން ހިދުމަތް ހޯދަން ދާ ހައްޖުވެރިން އެތަނަށް ދާންވާނީ މާސްކު އަޅައިގެންކަމަށެވެ. 

ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި، ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އެދެއެވެ. 

your imageމިއަހަރު ހައްޖަށްދިޔަ ހައްޖުވެރިޔަކު ރާއްޖެ އައުމުން އާއިލީ މެމްބަރަކު ވެލާނާ އެއާޕޯޓުން މަރުހަބާ ކިޔަނީ

މިއަަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގްރޫޕްވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެ އައިސްފައެވެ. ދެވަނަ ގްރޫޕް މިއަދު ހަވީރު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ ގްރޫޕް މާދަމާރޭ 20:00 ޖަހާއިރު ރާއްޖެ އަންނައިރު އެންމެ ފަހު ގްރޫޕް ރާއްޖެ އަންނާނީ މާދަމާރޭ ދަންވަރު 12 ޖަހާއިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;