މި ތަކެތި އަތުލައިގެންފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ނެވެ.
ކަސްޓަމުން ބުނީ މިދިޔަ އާދިއްތަ ދުވަހު މިތަަކެތި ފެނުނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައިކަަމަށެވެ.
އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރިކަމަށާއި މީ މަސްތުވާތަކެތީގެ ބާވަތްތެއްކަމަށްވާ ކެނަބިސްކަމަށްވެސް ކަސްޓަމުން ބުނެއެެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ރާއްޖެއަށް 3.5 ކިލޯގެ ކެނަބިސް އެތެރެކުރަން މަސައްކަތް ކުރަނިކޮށްވެސް ކަސްޓަމުން ވަނީ އަތުލައިގެން ފައެވެ. ފުލުހުން ވަނީ މި މައްސަލާގައި މިތަކެތި ބަލާ ދިޔަ މީހުން އަތުލައިގެން ބަންދުގެ މުއްދަތު ޖަހާފަ އެވެ.
ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފަހަކަށް އައިސް ކަސްޓަމުން އަންނަނީ އަތުލައިގަންނަމުން ނެވެ.