ads
މިނިސްޓަ އޮފް އިންފްރާސްޓްރަކްޗަ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ އަބްދުالله މުއްތަލިބް
މި އަންނަ އަަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ފެނާއި ނަރުދަމާތައް ގާއިމުކުރަން: މުއްތަލިބް
މި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމަންކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައްޔިތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރާއްޖޭގައި ފެނު ހިދުމަތް ގާއިމު ނުކުރެވި މިހާރު އޮތީ 43 ރަށުގައިކަމަށެވެ. އަދި ނަރުދަމާގެ ނިޒާމު ގާއިމުނުކުރެވޭ 33 ރަށް އޮތްކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިނިސްޓާރު މުއްތަލިބް ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގއި ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށް ނިންމަން ގާނޫނުން މަތިކޮށްފައިވާކަމަށެވެ. އަދި ޔޫއެންގެ މިލޭނިއަމް ގޯލްގެ ދަށުންވެސް ހުރިހާރަށެއްގައި އަންނަ އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމަންޖެހޭ ކަމަށެވެ. 

" އެހެންވީމާ އަޅުގަނޑުމެން މި ފެށޭ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށް.' މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓްގައި ފެނާއި ނަރުދަމާއަށް ކަނޑައަޅާފައިވަނީ 205 މިލިއަން ރުފިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް