ads
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން - ފޮޓޯ: އެމްޑީޕީ
ރިޔާސީ އިންތިހާބު ކާމިޔާބު ވާނީ ކޯލިޝަނަކަށް؛ ނަޝީދުގެ ރައްދު!
ރާއްޖޭގައި ރިޔާސީ އިންތިހާބެއް ދެން ވެސް ކާމިޔާބުކުރެވޭނީ އެެހެން ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވިދާޅުވުމުން އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
Advertisement

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގދ. ތިނަދޫގައި ރޭ ސޯލިހް ވިދާޅުވީ އިންތިހާބެއް ކާމިޔާބުކުރުމަށް އެންމެ މުހިންމު ކަމަކީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮތުން ކަމަށެވެ.

ސޯލިހް ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އެމަނިކުފާނު ގެނައުމުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ތާއިދުކުރާ ބޭފުޅުން މަގާމުތަކަށް ލަނީ ކަމަށް ބުނެ ފާޑުކިޔާ ކަމަށެވެ. 

"ބައްލަވާ އަޅުގަނޑުމެން އައީ ކޯލިޝަނެއް ހަދައިގެން އެގްރިމެންޓެއްގެ ތެރެއިން، އެ އެގްރިމެންޓްގައި ސޮއިކުރެއްވި ހުރިހާ ޕާޓީއެއްގެ ވެރިން. އެމްޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރައީސް ނަޝީދު. ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް. ދެން އިމްރާން އަބްދުﷲ އާއި ރައީސް މައުމޫން،" ކޯލިޝަން ހަދައިގެން 2018ގައި ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ސޯލިހް ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވައި، ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ދެކެވަޑައިގަނެގެން ނުވާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ މަައިދާނުގައި މިހާރަކު ރައްޔިތުންގެ ތާއިދު އޮތް ކުދި ޕާޓީތަކެއް ނެތެވެ. މިސާލެއްގެ ގޮތުން ނެންގެވީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އެވެ.  

"އެއީ ވަރަށް ބޮޑަށް ޕާޓީއާ ދޭތެރޭ ބުނެވޭ ބަދު ބަހެއް. ޕާޓީ ދަށްކޮށްލުން އެއީ،" ގދ. ފަރެސްމާތޮޑާގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދާއި ސޯލިހުއާ ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް މިދިޔަ ސަރުކާރުގެ ވަރަށް ކުރީކޮޅު އުފެދުނެވެ. ނަޝީދު ވިދާޅުވާ ގޮތުން ސޯލިހް އެމަނިކުފާނާ ވާހަކަ ދެއްކެވުން ހުއްޓާލެއްވީ އެވެ. ސޯލިހު ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށެވެ.  

މި މަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަންކަމުގެ ރޭހުގައި ދެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ސޯލިހު ތާއީދު ކުރައްވަނީ މީކާއިލް އަށެވެ. ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ ފަރާތުން ހަދާ "ސިޔާސީ" އެއްބަސްވުންތަކުގައި ސޮއިކުރަން ޖެހޭނީ، އިތުބާރު ހިފޭ ފަދަ ބޭފުޅެއް ކަމަށެވެ. އެ ބޭފުޅަކީ މީކާއިލް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، އޭނާގެ ތާއިދު އޮތީ ކުރީގެ ޗެއާޕަސަން ފައްޔާޒު އިސްމާއީލްއަށް ކަމަށް ވިދާޅުވެ، އެ ދެބޭފުޅުން އެކުގައި "ބޮޑު ބަދަލު"ގެ ނަމުގައި ވަނީ ކެމްޕޭން ފަށްޓަވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;