މިކަން ނަޝީދު އިއުލާންކުރައްވާފައި މިވަނީ "ބޮޑު ބަދަލު" ގެ ނަމުގައި އެމަނިކުފާނާއި ފައްޔާޒު ގުޅިގެން މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވަނީ ސަރުކާރު ހިންގުމަށް ގާނޫނު އަސާސީއަށް ގެންނަ ފެންނަ ބަދަލުތަކެއް ހުށައަޅާފައެވެ. އަދި އެމްޑީޕީން އެ ބަދަލުތައް ގެންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ހުށައެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުންވެސް ވަނީ ހިމަނާފައެވެ.
މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ފައްޔާޒު ރާއްޖޭގެ ރައީސްކަމަށް ގެންނަވަން ތާއިދުކުރައްވާކަމަށެވެ. އަދި ފައްޔާޒު ރައީސްކަމުގައި ހުންނައިރު ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި އެމަނިކުފާނު ހުންނަން އެދިވަޑައިގަންނަވާނެކަމަށެވެ. އަދި ފައްޔާޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަން އެދެނީ ރައީސް ނަޝީދުކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;