ads
ކޮވިޑް-19 ޑްރިލް---- ފޮޓޯ: ސީއެންއެމް
މާސްކް ބޭނުންކޮށްގެން ކޮވިޑް-19 ހުއްޓިވިދާނެތަ؟
ކޮވިޑް-19 ފުރަބަންދަށްފަހު ގައުމުތަށް ހުޅުވަމުންދާ މިދަނޑިވަޅުގައިި، ވައިގެ ޒަރިއްޔާއިން މިބަލި ފެތުރެމުންދާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

އަދި ހަމަ މިބަލީގެ އެއްވެސް އަލާމާތެއް ނުފެނިވެސް މިބަލި މުޖުތަމައު ތެރޭގައި އެކަކު އެނެކެއްގެ ގަޔަށް ފެތުރިގެންދާ ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އެގޮތުން ޔޫ.އެސް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ ބޭރު ތެރެއަށް ނުކުންނައިރު އެންމެންވެސް މާސްކް ބޭނުންކުރުމަށް އިލްތިމާސް ކޮށްފައެވެ.

މެޑިކަލް ގްރޭޑް މާސްކް ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި އާންމުން ފޮތި މާސްކު ބޭނުން ކުރުމަށްވެސް ސީޑީސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ފޮތި މާސްކް އިން ރައްކާތެރިކަން ލިބޭނީ ކިހާވަރަކަށް؟

މާސްކް ބޭނުން ނުކުރުމުގެ ސަބަބުން މިބަލި ޖެހިފައިވާ މީހުން ކެއްސާ ކިނބިހި ނޭޅިކަމުގައި ވީނަމަވެސް ވައިގެ ޒަރިއްޔާއިން ނޭވާލުމުގެ ތެރެއިން ބަލި އެކަކު އެނަކަކުގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.

ޔުނިވާސިޓީ އޮފް ހޮންގް ކޮންގްއިން ވައިރަލް އިންފެކްޝަން ޖެހިފައިވާ 246 ބަލި މީހުން ބޭނުން ކޮށްގެން ވަނީ ދިރާސާއެއް ހަދާފަ އެވެ. ދިރާސާގައި ބައިވެރިކުރުވި މީހުންގެ ތެރޭގައި ކޮރޯނާވައިރަސް އާއިލާގައި ހިމެނޭ ވައިރަސްތަކާއި ރައިނޯ ވައިރަސް އަދި އިންފްލުއެންޒާ ޖެހިފައިވާ މީހުން ހިމެނޭކަމަށް އެ ޔުނިވަސިޓީން ބުނެ އެވެ.

ދިރާސާގައި ބޭނުން ކުރި މިބަލިމީހުންގެ ތެރެއިން ހޮވާލެވުނު ބަޔަކަށް ސާޖިކަލް މާސްކު ދެވި، ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން މާސްކު ބޭނުން ނުކުރާ 30-40 އިންސައްތަ މީހުން ނޭވާ ލާއިރު ޓެސްޓް ކުރެވި ވައިގެ ތެރެއިން ވަނީ ވައިރަސް ފެނިފައެވެ. ނަމަވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން ސާޖިކަލް މާސްކު ބޭނުންކޮށްގެން ހެދުނު ޓެސްޓްތަކުން ވައިރަސް ފެނިފައެއް ނުވާކަމަށް ޔުނިވާސިޓީ އޮފް ހޮންގް ދިރާސާ ޓީމުން ބުނެ އެވެ. ރައިނޯ ވައިރަހަށް މާސްކު ބޭނުންކުރުމަކުން ތަފާތެއް ފެނިފައި ނުވާކަމަށް މިދިރާސާއިން ދައްކާފައިވެއެވެ.

"ބައެއް ވައިރަސްތަކަށް އެންމެ ވައިރަހަކުން ވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑު. އެހެންކަމުން ފޮތި މާސްކް އެޅުމުން 10 އިންސައްތަ ވައިރަސް ޕާޓިކަލް ފިލްޓަ ކުރެވޭ. އޭގެ ސަބަބުން މިފަދަ ޕެންޑެމިކް އެއްގައި މިގޮތަށް ފޮތި މާސްކު ބޭނުން ކުރުން މާސްކެއް ބޭނުން ނުކުރުމަށްވުރެ ރަނގަޅު،" ޔުނިވާސިޓީ އޮފް މެރީލޭންޑް ސްކޫލް އޮފް ޕަބްލިކް ހެލްތްގެ ގައިންގަޔަށް އަރާ ބަލިތަކަށް ހާއްސަ ތަޖުރިބާކާރެއް ކަމުގައިވާ ޑޮނާލްޑް މިލްޓަން ވިދާޅުވި އެވެ.

މާސްކް އެޅުމުގެ ސަބަބުން ވައިގެ ތެރެއަށް ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ބޭރުކުރެވޭ ކުޅު ތިކި ހުއްޓުވެއެވެ. ވީމާ މިހާލަތުގައި ފޮތި މާސްކް ބޭނުން ކުރުމަކީ ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭ އެއްޗެއްކަމަށް ބެލެވެ އެވެ. ނަމަވެސް ވެކްސިނެއް ހޯދިފައިނުވާ މިބަލި ކޮންޓްރޯލް ކުރުމަށް ގައިދުރުކުރުމާއި ގޭގައި ތިއްބެވުން ނޫން ގޮތެއް މިވަގުތު އަދި ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް