ads
ބެކަމް އަދި ޒިދާން
އަހަރެންނާ އެއްކޮށް ކުޅުނު އެންމެ މޮޅު ކުޅުންތެރިއަކީ ޒިދާން
އެކުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔަކީ، ރިއާލް މެޑްރިޑްގެ މިހާރުގެ ކޯޗު، ފްރާންސްގެ ޒައިނުއްދީން ޒިދާން ކަމަށް އިގިރޭސި ތަރި ޑޭވިޑް ބެކަމް ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ދެހާސް ތިންވަނަ އަހަރު ރިއާލް މެޑްރިޑަށް ބަދަލުވެ، ޒިދާންއާއި އެކު ކުޅުނު ބެކަމްވަނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާއި އެކު އެކި ކްލަބުތަކުގައި ކުޅެފައެވެ. އެހެންނަމަވެސް އެ ހުރިހާ ކުޅުންތެރިންގެ ތެރެއިންވެސް އެންމެ މޮޅު ކުޅުންތެރިޔައަކީ، ޒައިނުއްދީން ޒިދާން ކަމަށް ބެކަމް ބުންޏެވެ.

އަހަރެންނާއި އެކު ކުޅުނު އެންމެ މޮޅު ކުޅުންތެރިޔަކީ ޒިދާން. އެއީ ހަމަ އެއްވަނަ. އޭނާއަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން ވަރަށް ގާތް، ރަނގަޅު ރައްޓެއްސެއްވެސްމެ.

your imageބެކަމްއާއި ޒިދާން ރިއާލް މެޑްރިޑްގައި

ބެކަމްއާއި އެކު ކުޅުނު ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ހުސްއެކަނި ރިއާލް މެޑްރިޑްގައިވެސް ތިބީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނެވެ. އޭނގެ ތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ، ރޮބާޓޯ ކާލޮސް، އަދި ޕޯޗުގަލްގެ ލުއިސް ފީގޯގެ އިތުރުން ސްޕެއިންގެ ރައުލް ގޮންޒާލެޒް ހިމެނެއެވެ. މީގެ އިތުރުން ޔުނައިޓެޑްގައި ބެކަމްއާޢި އެކު ކުޅުނު ގިގްސް، ސްކޯލްސް އަދި ފަހުން ޕީއެސްޖީގައި ކުޑަ ދުވަސްކޮޅަކު ޒްލަޓާން އިބްރޮހަމަވިޗްއާއި އެކުވެސް ބެކަމް ކުޅުނެވެ.

އުމުރުން މިހާރު ސާޅީސް ފަސް އަހަރުގެ ބެކަމް ކުޅުން ހުއްޓާލުމަށް ފަހު، މިހާރު އުޅެނީ އެމެރިކާ ލީގުގެ ކުލަބެއް ގަނެގެންނެވެ. އެމެރިކާ ލީގުގައި ވާދަކުރާ އިންޓަރމިއާމީއަކީ ބެކަމްގެ ޓީމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް