މަސްއޫދު މިހެން ވިދާޅުވެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އިލްތިމާސަކާ ގުޅިގެން، އީރާނާއި އިޒްރޭލުން އެއް ގައުމުން އަނެއް ގައުމަށް މިފަހުން ދެމުންދިޔަ ހަމަލާތައް ހުއްޓާލާފައިވާ ދަނޑިވަޅެއްގައި އެވެ.
އީރާނުން ބުނެފައިވަނީ އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، އީރާނުގެ ތާއީދު އޮންނަ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުރިއަށްގެންދާ ނަމަ، އަލުން ހަމަލާދޭން ފަށާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.
އިޒްރޭލަށް "ވޭންދެނިވި ރައްދެއް" ދީފައިވާ ކަމަށާއި، "އެއާ އެކު، ސިފައިންގެ ހަރަކާތްތައް ހުއްޓާލާފައިވާ ކަން އިއުލާންކުރާ" ކަމަށް، އީރާނުގެ ދައުލަތުގެ ޓީވީން މެދުވެރިކޮށް ހާތަމުލް އަންބިޔާ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، އިސްރާއީލުން ވެސް އީރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލަން ނިންމާފައިވާ ކަމަށް ކަމާބެހޭ މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ދެ ގައުމުން ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވާއިރު އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އޭޕްރީލް މަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އީރާން އަދިވެސް އޮތީ މަޝްވަރާގައި ކަމަށް ވިދާޅުވެފަ އެވެ.
މި ހަނގުރާމަ މުޅިން ހުއްޓުވުމަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައަށް ހައްލެއް ހޯދުމަށާ އަދި މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާއިން ފުޅާ އެއްބަސްވުމަކަށް މަސައްކަތް ކުރަމުން އަންނައިރު، މަސްރަހު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގަ އެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން ޑިޕްލޮމެޓިކް މަސްރަހުގައި ވެސް ބޮޑެތި ކަންތައްތަކެއް ވަނީ ހިނގާފައެވެ. އެކްސިއޯސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަލުން އީރާނާ ދެކޮޅަށް ހަނގުރާމައަކަށް ވަޑައިގެންފިނަމަ، އެކަނިމާއެކަނި ހަނގުރާމަކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.
އީރާނާއެކު ސުލްހައިގެ ވާހަކަތަކުން އެމެރިކާއަށް ކުރިއެރުން ނުލިބެނީ އެމީހުންގެ ދަހިވެތިކަމާއި އަމަލާއި ބަހާ ދިމާނުވާތީ ކަމަށް އީރާން މީޑިއާތަކުން މިފަހުން ވަނީ ބުނެފަ އެވެ. ޓްރަމްޕް ވަނީ އެމެރިކާ އެދޭ ހުރިހާ އެދުންތަކަށް އީރާން ދީލާލައިފާ ވާކަމަށް ބުނެ އެތައް ފަހަރަކު ވާހަކަ ދައްކާފައެވެ. އީރާންވަނީ ޓްރަމްޕް ހަދަނީ ކަނޑައެޅިގެން ދޮގުކަމަށާއި ޓްރަމްޕްގެ ދޮގުތަކަށް ރައްދުދިނުމަކީ ވަގުތު ބޭކާރު ކުރުންކަމަށް ސިފަކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;