ads
ނައުޝާދު މޫސާ
މިސްކިތްތަކަށް ގެއްލުންދީގެން ކުރިން ހައްޔަރުކުރި މީހާ އަނެއްކާވެސް ހައްޔަރުކޮށްފި
މާލޭގެ މިސްކިތްތަކަށް ގެއްލުންދިން މައްސަލައެއްގައި ގ. މާލެހިޔާ، ނައުޝާދު މޫސާ އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް، މިފަހަރު އޭނާ ގެއްލުންދިނީ ކޮން މިސްކިތަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

ނައުޝާދަކީ މީގެ ކުރިންވެސް މިސްކިތްތަކަށް ގެއްލުންދީގެން ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން، މީގެ ކުރިން މާލޭގެ ފުރުގާން މިސްކިތުގެ އިމާމް ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކަށް ގެއްލުންދީ، ވުޟޫކުރާ ބައިގެ އިސްކުރުތައް ބިންދާލައި، އަދި މިސްކިތުގައި ހުރި މުޞްޙަފްތައް މުޅި ތަނަށް އުކާލި މައްސަލައިގައިވެސް އޭނާ ހައްޔަރުކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;