ads
ފިލިޕީންސްގެ އާ ސަފީރު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ؛ ރައީސް އޮފީސް.
ފިލިޕީންސުން ކަނޑައެޅި އާ ސަފީރު ފަތްކޮޅު އަރުވައިފި
ފިލިޕީންސްގެ އާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
Advertisement

ސަފީރަށް މަރުހަބާ ދެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިއްޔާއި، ހެވިކަމުގެ ލަޝްކަރާއެކުގަ އެވެ.

ފަތްކޮޅު އެރުވުމަށްފަހު، ރައީސްވަނީ ސަފީރާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތް ކުރާ އެގައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެމުންދާ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. 

އަދި ދެ ގައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ދިވެހިރާއްޖެއާއި ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;