ads
އަމްޖޭގެ ގިލަންގެ ޕޯސްޓަރެއް
އަމްޖޭގެ 50 ވަނަ ފިލްމު، ޓްރެއިލާ މިއޮތީ
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމްގެ 'ގިލަން' ގެ ޓްރައިލާ ނެރެފިއެވެ.
Advertisement

މިމަހު ފަހުކޮޅު ސިނަމާއަށް އަންނަން ތައްޔާރުވަމުންދާ މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަން އެވެ. 

އައިލެންޑް ސިނަމާއި އުފައްދާ އަމްޖޭ ޕްރޮޑިއުސްކުރާ މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމްގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަދުި ފިލްމުގެ ސްކްރީންޕެލޭވެސް ލިޔެފައިވަނީ އޭނާއެވެ. މި ފިލްމުގައި ދައްކުވައިދެނީ އާއިލީ ތެރޭގައި އޮންނަ ސިއްރު ލޯބީގެ ގުޅުންތަކާއި އެއާި ގުޅިފައިވާ ރޫހާނީ ކަންތައްތަކެއްގެ ވާހަކައެވެ.

މި ފިލުމްމުގެ ލީޑް ކާސްޓުންނަކީ މަޝްހޫރު އެކްޓަރާއި ޑައިރެކްޓާ ޔޫސުފް ޝަފީއު (ޔޫއްޕެ)  އާއި ފާތުމަތު އާޒިފާ (އަޒޫ) އެވެ. މީގެއިތުރުން މި ފިލުމުގެ މުހިއްމު ރޯލްތަކުން އަޒޫގެ ފިރިމީހާ އަހުމަދު ސައީދާއިި އައިމިނަތު ނޫރާ އާއި ދަރާ މުހައްމަދު ރަޝީދާއި މަރިޔަމް ޝަކީލާވެސް ފެނިގެން ދެއެވެ. 

ފިލްމު އެޑިޓްކޮށްފައިވަނީ ރަވީ ފާރޫގްއެވެ. ފިލްމަށް މިއުޒިކް ހަދާދީފައިވަނީ އައްޔުމަން ޝަރީފެވެ. ކެމެރާމަނަކީ އިބްރާހިމް ވިސާމް (ކަނޑި)އެވެ.

'ގިލަން' އޮލިމްޕަހުގެ ސިނަމާގައި އަޅުވާނީ މި މަހުގެ 30 ގައެވެ. މި ފިލްމަކީ އޮލިމްޕަހުގައި މި އަހަރު އަޅުވާ 5 ވަނަ ފިލްމެވެ. މި ފިލްމުގެ ޓިކެޓް މިމަހުގެ 14 ވަނަދުވަހުން ފެށިގެން ވިއްކަން ފަށާނެއެވެ.

އަމްޖޭ އެންމެފަހުން ގެނެސްދިން ފިލްމަކީ 2024 ގައި އެޅުވި  'އުދަބާނި 2' އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;