ads
ބައްސާ،މް
ބައްސާމްގެ ޕެންޓްހައުސްގެ އެއްވެސް މުއާމަލާތެއް ނުކުރަން އަމުރުކޮށްފި
އެފްއޭއެމްގެ ފައިސާއިން، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ތުހުމަތު ކުރެވޭ، ދެ ޕެންޓްހައުސްގެ މިލްކުވެރިކަމަށް ބަދަލެއް އައިސްފާނެ އެއްވެސް ކަމެއް ކުރުން ހައިކޯޓުން ހުއްޓުވައިފިއެވެ.
Advertisement

އެ އަމުރު ހައި ކޯޓުން ނެރެފައިވަނީ މަނީ ލޯންޑާކުރަން ބައްސާމަށް މަގުފަހިކޮށްދިން ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ.

އިސްތިއުނާފު މައްސަލައިގެ ތެރެއިން ހައިކޯޓުން ނެރުނު އަމުރުގައި ވަނީ، އެ ކޯޓުން އެހެން ގޮތެއް ކަނޑައެޅުމާ ހަމައަށް، ބައްސާމްގެ ޕެންޓްހައުސްގައި ހިމެނޭ ދެ ޔުނިޓުގެ މިލްކުވެރިކަމަށް ބަދަލު އައިސްދާނެ ކަންކަން ހިމެނޭހެން ހުރިހާ މުއާމަލާތްތަކެއް މަނާކޮށްފަ އެވެ.

އަމިންގެ މައްޗަށް ދައުވާ ސާބިތުނުވި ނަމަވެސް، އެ މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. 

އެ މައްސަލައިގައި ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައި 44 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި 1.2 މިލިއަން ޑޮލަރު އެފްއޭއެމްއަށް ދޭންޖެހޭ ކަމަށް ކަނޑައަޅައި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް ބައްސާމަށް އެންގި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;