ads
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ޗައިނާއަށް ފުރާވަޑައިގަންނަވައިފި އެވެ.
Advertisement

ފޮރިން މިނިސްޓްރީން ބުނީ އިރުތިޝާމް ޗައިނާއަށް ވަޑައިގަތީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ކަމަށެވެ. އެ ދަތުރުފުޅުގައި އޭނާ، ޔުނާން ޕްރޮވިންސުގައި އޮންނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ފޯރަމްގައި އިރުތިޝާމް ކީނޯޓް ތަގުރީރެއް ދެއްވާނެ ކަމަށާއި، އޭނާ 10ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ދަތުރުފުޅުގައި އޭނާ ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިދަތުރުފުޅުގައި އިރުތިޝާމް އާދަމްގެ އަރިހުގައި އެވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް އާއި ޑިރެކްޓާ މަރިޔަމް ބައްސާމާ ފާރޫގް ބައިވެރިވެވަޑައިގަންނަވަ އެވެ.

އިރުތިޝާމް ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކަމަށްވާއިރު، އޭނާ އެ މަގާމުގައި ހުންނަވައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ އިންޑިއާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;