ads
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭ ހަމަލާތަކުގައި މުޅި ގާޒާ ވަނީ ސުންނާފަތި ކޮށްލައިފަ
ޔަހޫދީން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 4 މީހުން ޝަހީދުކޮށްލައިފި
ފިނި މޫސުމުގެ ފެންބޮޑުވުންތަކާ ގުޅިގެން އިންސާނީ ކާރިސާ އިތުރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، މިދިޔަ އަހަރު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ހަމަލާދީ ފަލަސްޠީނުގެ މަދުވެގެން 4 މީހަކު ޝަހީދުކޮށްލައިފިއެވެ.
Advertisement

ގާޒާގެ ތެލް އަލްހައްވާ އަވަށުން ދަތުރުކުރަމުންދިޔަ އުޅަނދަކަށް ޔަހޫދީން ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން 3 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، ގާޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ އިރުމަތީގައި އޮންނަ ހަލަވާ ކޭމްޕުގައި ފަލަސްތީނު ފިރިހެނެއްގެ ގަޔަށް ބަޑިޖަހައި ވަނީ ޝަހީދުކޮށްލާފަ އެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲގެ އުތުރުގައި އޮންނަ ދަވްރާ އަލްޤަރްއު އަވަށް ކައިރިން ވެސް ޔަހޫދީ ސެކިއުރިޓީ ގާޑުންތަކެއް ވަނީ ބަޑިޖަހައި އުމުރުން 42 އަހަރުގެ ހަމްޒާ މަސްޢޫދު ސަލީމް އަބްދޯ ޝަހީދުކޮށްލާފަ އެވެ. ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި ޔަހޫދީން ވަނީ އޭނާގެ ހަށިގަނޑު ހިފަހައްޓާފަ އެވެ. އަދި މި ހާދިސާ ހިނގި ސަރަޙައްދުން އިތުރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ފެށި ނަސްލުހޭދު ކުރުމުގެ އުދުވާނަށް ދެ އަހަރު ފުރުނު ފަހުން، 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވާލެވުނެވެ. ނަމަވެސް އެ އެއްބަސްވުމަށް އަހަރެއް ވެގެންދިޔައިރު ވެސް ޔަހޫދީން ދެމުންދާ ހަމަލާތައް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން ޣައްޒާގައި 74،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާއިރު، އެއްބަސްވުމަށްފަހު ވެސް އިތުރު 1،600 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް