ads
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުން ހުކުމް އެމްޑީޕީކޮޅަށް، ވޭވަށު ގޮނޑި އެމްޑީޕީއަށް
ނިމިދިޔަ ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލް މެމްބަރު ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިިކިތަކެއް ހުރުމުން އެ ތިން ވޯޓު ކަރުދާސް ބާތިލްކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
Advertisement

މިދިޔަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލް މެމްބަރު ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން އެވެ. އޭނާއަށް ލިބުނީ 121 ވޯޓުވެ. އޭނާ އާ ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. 

އެހެންނަމަވެސް އަހުސަނަށް ލިބުނު ތިން ވޯޓު ކަރުދާހެއްގައި ތިކިތަކެއް ހުރިކަން ފާހަގަކޮށް ޕީއެންސީ ކެންޑިޑޭޓް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައިވަނީ އެ ތިން ވޯޓު ކަރުދާސް ބާތިލްވާ ކަމަށެވެ. އެއާއި އެކު ނަތީޖާ ބަދަލުވެ އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނެެއެވެ. އެގޮތުން އޭނާއަށް އެ ގޮނޑި ލިބުނީ 119 ވޯޓުންނެވެ. ތިން ވޯޓް ބާތިލްކުރުމުން އެމްޑީޕީގެ ކެންޑިޑޭޓު އަހުސަނަށް ލިބުނީ 118 ވޯޓެވެ. 

ހައި ކޯޓުން ކުރި މި ހުކުމް އަހުސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކުރެއްވީ ހައި ކޯޓުގެ ހުކުމް ބާތިލްކުރުމަށެވެ. 

ހައި ކޯޓުން ކުރި ހުކުމް އަހުސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކަމަށް ކަނޑައަޅުއްވާފައެވެ. 

އެ ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ނޫ ކުލައިގެ ދެލިން ލިޔެވޭ ގަލަން ފިޔަވައި އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވެއްދުން މަނާކަމަށް އޮތްއިރު ވޯޓު ކަރުދާސްކޮޅުގައި ހުރި ތިކިތައް ކަޅު ކުލައިން ހުރިއިރު ކަޅު ކުލައިގެ ގަލަމެއް ވެއްދި ކަމުގެ ޝަކުވާއެއް ހުށަހަޅާފައެއް ނުވާކަން އެނގޭކަމަށެވެ. 

މީގެއިތުރުން ހައި ކޯޓުން މައްސަލަ ނިންމުމުގައި ރިއާޔަތްކުރި ވޯޓު ކަރުދާހުގެ ފޮޓޯތަކަކީ ދެވަނަ ފަހަރު ވޯޓު ގުނިއިރު ނަގާފައިވާ ފޮޓޯތަކެއްކަން ފާހަގަކުރާއިރު އެ ފޮޓޯތަކަކީ އަސްލާ އެއްގޮތަށް ނަގާފައިވާ ފޮޓޯތަކެއް ކަން ކަށަވަރެއް ނުކުރޭވޭކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ. 

އެ ވޯޓު ކަރުދާސްގައި ހިމެނޭ ކަޅު ތިކިތަކަކީ ވޯޓުލީ މީހުން ގަސްތުގައި ކުރަހާފައިވާ ތިކިތަކެއް ކަމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅި ނަޒީހުގެ ފަރާތުން ތުހުމަތުކުރި ނަމަވެސް އެ ކަމަށް ބާރުދެވޭ ހެއްކެއް ދައްކާފައެއް ނުވާކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ. 

ތިކިތައް ހުންނަ ކޮންމެ ވޯޓު ކަރުދާހެއް ބާތިލްވާކަމަށް ކަނޑައަޅާނަމަ ކުރިއަށް އޮތް ތަނުގައި މުޅި އިންތިހާބީ ނިޒާމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމަކާއި ނޭދެވޭ އަސަރުތައް ކޮށްފާނެ ވަރުގެ ކަމެއްކަންވެސް އެންމެ މަތީ ކޯޓުން ނިންމި ނިންމުމުގައިވަނީ ފާހަގަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;