ads
ޕެންޝަން އޮފީހުގެ ޕޯސްޓެއް: އެ އޮފީހުގެ ބޯޑަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި - ފޮޓޯ/ޕެންޝަން އޮފީސް
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ދާދި ފަހުން ގެނައި ތާރީހީ އިސްލާހުތަކާއެކު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިންގުމާ ހަވާލުވާނެ ބޯޑު މެންބަރުން ހޯދުމަށް އެ އޮފީހުން އަލުން އިއުލާނުކޮށްފި އެވެ.
Advertisement

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުގެ ހަތަރު މަގާމު ހުސްވެފައިވަނީ ޕެންޝަނާބެހޭ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު ތަސްދީގު ކުރުމާ ގުޅިގެން, އެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ މެމްބަރުންގެ އަދަދު 4 އިން 5 އަށް އިތުރުކޮށްފައި ވާތީ އެވެ.

އޭގެ އިތުރުން ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ މެމްބަރުންގެ ތެރެއިން ދެ މަގާމު ހުސްވެފައިވާތީ އަދި އިތުރު މެމްބަރެއްގެ ދައުރު އަންނަ މަހުގެ ދެވަނަ ދުވަހު ހަމަވާތީ ޖުމްލަ ހަތަރު މަގާމަށް ކުރިމަތިލާން އެ އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.

ޕެންޝަން އޮފީހަށް އަލަށް އައްޔަންކުރާ ބޯޑު މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، އުމުރުން 35 އަހަރު ފުރިފައިވުމާއި އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ޕެންޝަނާއި މާލީ ދާއިރާ ފަދަ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށް އޭގެ ތެރެއިން ދާއިރާއަކުން މަދުވެގެން ފަސް އަހަރު މަސައްކަތްކޮށް، ފަންނީ ގާބިލުކަން ހުރުން ހިމެނެ އެވެ.

މީގެ އިތުރުން އިންތިޚާބީ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއްގައި ނުހުރުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ޕެންޝަން އޮފީހުގެ އެސެޓް މެނޭޖަރެއްގެ ނުވަތަ ކަސްޓޯޑިއަނެއްގެ ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތެއްގެ އޮފިޝަލެއް ނުވަތަ މުވައްޒަފެއް ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެންބަރަކަށް ވެވޭނީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރަމުންދާ، އަދި މަގާމަށް ކުރިމަތިލާ ތާރީހުގެ ނިޔަލަށް ޕްރައިވެޓް ސެކްޓަރުގައި މަދުވެގެން އެއް އަހަރު މެދުނުކެނޑި ވަޒީފާ އަދާކޮށްފައިވާ މީހަކަށެވެ.

އެމި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ގޫގުލް ފޯމު (https://forms.gle/rocN9hn9wCcowxcy6) މެދުވެރިކޮށް ހުށަހެޅޭނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;