ads
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ސައުތު ކޮރެއާ އާއި ޗެކިއާ ބައްދަލުކުރި މެޗުގައި، ޗެކިއާގެ ޑިފެންޑަރު ލަޑިސްލާވް ކްރެއިޗީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަފްޕީ
ދެކުނު ކޮރެއާ އިން ފަހަތުން އަަރައި ތިން ޕޮއިންޓް ހޯދައިފި
ރާއްޖެ ގަޑިން މިއަދު ހެނދުނު 7 ޖެހިއިރު ފެށި، ވޯލްޑް ކަޕްގެ ގުރޫޕް އޭގެ ދެވަނަ މެޗުގައި ޗެކް ރިޕަބްލިކްގެ މައްޗަށް ފަހަތުން އަރައި ދެކުނު ކޮރެއާއިން ކުރި ހޯދައިފި އެވެ.
Advertisement

މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި 44 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެކުނު ކޮރެއާއަށް ވަނީ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި އެ ޓީމުގެ ސޮން ހިއުން މިން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ދެކުނު ކޮރެއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފިދިޔައިރު، ޗެކު ރިޕަބްލިކުން ވަނީ ދެވަނަ ހާފުގެ 49 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ލަޑިސްލާވް ކްރޭޗި އެވެ. މިއީ، އެ ޓީމުގެ ވްލަޑިމީ ސޯފާލް ދިގު އެއްލުމަކުން އެއްލި ބޯޅައަކަށް އަރައި، ކްރޭޗީ ބޮލުން ޖެހި ގޯލެކެވެ.

ނަވެސް މެޗުން ކުރި ހޯދިތާ އަށް މިނިޓް ފަހުން ދެކުނު ކޮރެޔާގެ ބިއޮމްގެ މޮޅު ހުނަރުތަކުން ޗެކްގެ ޕެނެލްޓީ އޭރިޔާ ތެރޭގައި ގެންގުޅުނު ބޯޅަ ގޯލުގެ ކަނަށް ފޮނުވާލި އެވެ. ގޯލު ރޮނގު ހުރަސް ކުރުމުގެ ކުރިން އެ ބޯޅަ މަތަކުރެވޭނެ ގޮތެއް ޗެކް ރިޕަބްލިކްގެ "ޑިފެންސް ފޯސް" އަކަށް ނުވި އެވެ.

your imageފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ސައުތު ކޮރެއާ އާއި ޗެކިއާ ބައްދަލުކުރި މެޗުގައި، ކޮރެއާގެ މިޑްފީލްޑަރު ހުއާން އިން-ބިއޮމް އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހުމުން، ފޯވާޑް ސޮން ހިއުން-މިންއާ އެކު އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ


މެޗުގެ 77 ވަނަ މިނެޓުގައި ޗެކިއާއިން ދެވަނަ ލަނޑެއް ޖަހައި އަލުން މެޗުގެ ލީޑު ހޯދި ކަމަށް ހީކޮށް ބޮޑު އުފާފާޅު ވެސް ކުރި އެވެ. ނަމަވެސް، އެ ޓީމުގެ އުފާވެރިކަން ނިމުމަކަށް އައީ ރެފްރީ ވީއޭއާރު  މެދުވެރިކޮށް ބެލުމުންނެވެ.

އެ ލަނޑު ބަލައި ނުގަތުމުން ޗެކިއާގެ ކުޅުންތެރިންގެ ސަމާލުކަން ގެއްލުނު ވަގުތުގެ ފައިދާ ކޮރެއާއިން ވަރަށް ހިފި އެވެ. އޭގެ ނަތީޖާ އިން ދެން އައީ ދެކުނު ކޮރެޔާ މޮޅުކޮށްދިން ލަނޑެވެ. 

މި މެޗުން ދެކުނު ކޮރެއާ އަށް ތިން ޕޮއިންޓް ކަށަވަރުވެގެން ގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައިވަނިކޮށް އޯ ހިއޮން-ގޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި މެޗުގައި ކުޅެން އަރާފައިވަނީ މެޗުގެ 69 ވަނަ މިނިޓުގައި ކެޕްޓަން ސޮން ހިއުން-މިން ގެ ބަދަލުގަ އެވެ.

އެހިސާބުންވެސް މެޗުގެ ފޯރި ކުޑަވީކީ ނޫނެވެ. ޗެކް ރިޕަބްލިކްއިން އިރުކޮޅެއްފަހުން ނުރައްކާ ކުރި އެވެ. އަނެއްކާވެސް ސެޓް ޕީސްއެއްގަ އެވެ. ބަދަލަކަށް ނުކުތް އެޑަމް ލޯޒެކް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ދެކުނު ކޮރެއާގެ ކީޕަރު ކިމް ސެއުން ޔޫ އެވެ. އަދި ނިމެން ދަނިކޮށް ޗެކިއާއިން އަނެއްކާވެސް ނުރައްކާ ކުރަމުން ދިޔައެވެ. އެވަގުތުވެސް ދެކުނު ކޮރެއާ ސަލާމަތް ކޮށްދިނީ ކީޕަރު އެވެ.

ގްރޫޕްގެ އެއްވަނައިގައި އޮތް މުބާރާތް ބާއްވާ މެކްސިކޯ އެވެ. މެކްސިކޯ ވަނީ ސައުތު އެފްރިކާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

މެކްސިކޯ އާއި ކެނެޑާ އަދި އެމެރިކާގައި ބާއްވާ މި އަހަރުގެ މުބާރާތުގައި ޖުމްލަ 48 ޓީމު ވާދަ ކުރާ އިރު، ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ޖަމަޖެހިފަ އެވެ. ފައިނަލް މެޗު ކުޅުމަށް ޖަމަޖެހިފައި ވަނީ ޖުލައި 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑީން 12 ޖަހާއިރު، އެމެރިކާގެ ނިއުޖާޒީގަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;